March 17, 2026
Advertisement
ރައުދު އަހްމަދު ޒިލާލް
ރައުދު އަހްމަދު ޒިލާލް / ޕޮލިސް

ރައުދުގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު ފަށަނީ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 22, 2025, 07:18 PM
މާލެ ސިޓީ

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ބަންދު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ބަންދުގެ މައްސަލައިގެ އިސްތިއުނާފު މިއަދު މެންދުރު ފަހު ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ މުހައްމަދު ފައިސަލް، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީ އެވެ. 

އުމުރުން 22 އަހަރުގެ ރައުދުގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް، އޭގެފަހުން ފަސްދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފާ އެވެ.

ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ނެރުނު އަމުރެވެ.

ރައުދުގެ ބަންދަށް ފަސްދުވަސް ޖެހި ދުވަހު ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ. ފުލުހުން އެހެން އެދުމުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނުމުން ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved