April 17, 2026
Advertisement
ފުށާއި ކުޑަކުދިންގެ ކާނާގެ އިތުރުން ބޭސްފަރުވާއަށް ބޭނުން ކުރާ ތަކެއްޗާއި އެކު 100 އެހީ ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ ސަހްޔޫނީން ދީފި
ފުށާއި ކުޑަކުދިންގެ ކާނާގެ އިތުރުން ބޭސްފަރުވާއަށް ބޭނުން ކުރާ ތަކެއްޗާއި އެކު 100 އެހީ ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ ސަހްޔޫނީން ދީފި / ރޮއިޓަރސް

ފުށާއި ކުޑަކުދިންގެ ކާނާގެ އިތުރުން ބޭސްފަރުވާއަށް ބޭނުން ކުރާ ތަކެއްޗާއި އެކު 100 އެހީ ޓްރަކް ޣައްޒާއަށް

Hussain Nawaf
ހުސައިން ނަވާފް
May 22, 2025, 09:17 PM

ފުށާއި ކުޑަކުދިންގެ ކާނާގެ އިތުރުން ބޭސްފަރުވާއަށް ބޭނުން ކުރާ ތަކެތި ހިފައިގެން ދިޔަ 100 އެހީ ޓްރަކް ޣައްޒާއަށް ވަނުމަށް ބުދަ ދުވަހު ހުއްދަ ދީފިއެވެ.

Advertisement

ނަމަވެސް އދގެ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ތަކެތި ބެހުމުގައި ދިމާވި ގޮންޖެހުންތައް ދިމާވެފައިވެއެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ރަހީނުކޮށްފައިވާ މީހުން އަނބުރާ ގެނެވޭނެ ގޮތް ހެދުމަށް ސަހްޔޫނީން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ހުޅުވާލުމުގެ މަޝްވަރާތައް ކުރަން ތިބީ ތައްޔާރަށްކަމަށް ބުނެފައެވެ.

އެހެންނަމަވެސް ޣައްޒާގެ މުޅި ކޮންޓްރޯލް ހޯދުމަށް ހިންގާ އަސްކަރީ ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް އެތެރެވާ ސާމާނަށް ހުރަސް އަޅައިތާ 11 ހަފްތާވަނީއެވެ.

11 ހަފްތާ ވަންދެން އެހީތައް ހުއްޓުވުމަށްފަހު ހޯމަ ދުވަހާއި އަންގާރަ ދުވަހު ޖުމްލަ 98 އެހީ ޓްރަކް ވަދެފައިވާ ކަމަށް ސަހްޔޫނީންގެ އަސްކަރިއްޔާއިންވަނީ ހާމަކޮށްފައެވެ.

މި ބްލޮކޭޑްގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ދިރި އުޅުމުގެ ހާލަތުވަނީ ދުވަހެއް ދުވަހަކަށް ދަށަށް ގޮސްފައެވެ.

އެތައް ހާސް ޓަނެއްގެ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ތަކެތި ޣައްޒާއަށް ހުރަސްކުރާ ހިސާބުތަކުގެ ކައިރީގައި މަޑުކޮށްގެން ހުރި އިރު އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved