

އުތުރު އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 1:00 އިން ފެށިގެން އިރު އޮއްސި 7:00 އައާ ހަމައަށް ހއ. ހދ. ރ. ބ. ޅ. ނ. އަދި ށ. އަށެވެ.
މެޓުން ހާމަކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަކޮށް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ރާއްޖޭގެ ހިސާބުތަކަށް ލަފާކުރާ ގޮތަށް ބަލާއިރު،މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.