March 10, 2026
Advertisement
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް / އެމްޑީޕީ

މިސަރުކާރު ވައްޓާލަންޖެހޭ: މާޒް ސަލީމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 24, 2025, 05:01 AM
މާލެ ސިޓީ

މިސަރުކާރު ވައްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

Advertisement

މިރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައިވާހަކަ ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ ކުރިއަށް އޮތް އެއްމަސް ދުވަސްތެރޭގައި ރައްޔިތުން ނުކުމެ މިސަރުކާރު ވައްޓާލަންޖެހޭކަމަށެވެ.

އަދި ވިދާޅުވީ މިސަރުކާރު ވައްޓާލައިގެން ނޫނީ ދިވެހި ރާއްޖޭގައި 2028 ވަނަ އަހަރު ރިޔާސީ އިންތިހާބު ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް މިރޭ ވަނީ ފުލުހުންނަށް ވެސް އިލްތިމާސްއެއް ކޮށްފަ އެވެ. ވިދާޅުވީ ދިވެހި ރާއްޖޭގައި ގާނޫނު އަސާސީއެއް ނެތްކަމަށާއި ފުލުހުންނާއި ސިފައިން ކޮށްފައިވާ ހުވާ އަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓާއި ދަމަހައްޓަން ކޮށްފައިވާ ހުވާއެއް ކަމަށެވެ.

އެހެން ކަމުން ފުލުހުންނާއި ސިފައިން ނުކުމެ ޒިންމާ ނެގުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ. ސަލީމް މިފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ވަގުންގެ ފަޅީގައި ކަމަށް ވިދާޅުވެ މުއިއްޒު އަށް ވަރަށް ބޮޑަށް ފާނޑުވިދާޅުވެފައި އެވެ.

މި ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރި ދުވަހު އެ ދެ ފަނޑިޔާރުންގެ ދިފާއުގައި އަދުލު އިންސާފަށް ވޯޓު ދެއްވި ދެ ބޭފުޅުންކަމުގައިވާ ހައިކޯޓު ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓު ގާޒީ ފަރުހާދު ރަޝީދުގެ ހައްގުގައި އެމްޑީޕީން ތެދުވަން ޖެހޭ ކަމަށެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved