

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެއްބަސްވި ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމެންޓް" ގެ ރަސްމީ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ހަލީލު އާއެކު ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިސްޓަރު ހަލީލްގެ މި ދަތުރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ހަލީލްގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އިންޑިއާ އައުޓް" ފޮރިން ޕޮލިސީ ވިއްކައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒުގެން ދަވަނީ އިންޑިއާ ގުޅުން ވަރަށް ގާތް ކުރަމުން ނެވެ. ރައީސް ސޯލިހު ފަދައިން މުއިއްޒު ސަރުކާރުން ވެސް އިންޑއާއާއެކު ކުރާ މަޝްވަރާތައް ވަނީ "ރައްޔިތުންނަށް ސިއްރު" ކޮށްފަ އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނުގެ މައްޗަށް ބިނާކުރި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން "އުބަށް" ޖެހުމުން އެނގެނީ ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ އަގެއް ނެތް ކަމާއި އިންޑިޔާއިން އެޅިހާ ބަތަކަށް ރިހަވެ، ބިރިޔާނީ ތައްޓަކަށް މި ސަރުކާރުގެ ވެރިން ހެއްލިއްޖެ ކަމެވެ.