މުންޑޫ ސްކޫލު / ފޭސްބުކް
ހަބަރު
ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
26 މޭ 2025
މާލެ ސިޓީ

ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި 28،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިން މައްސަލައެއްގައި ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، އެ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާއަށް ހުށަހަޅާފައި ވާ ދައުވާއަކީ، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކަމުގައި އޭސީސީން ބުނެފައިވެއެވ.

އެ މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ މުންޑޫ ސްކޫލަށް އަންގައިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved