April 26, 2026
Advertisement
ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު / ޕީޕީއެމް

މުއިއްޒު ފަދަ އިންސާނިއްޔަތު ކަމެއް ނެތް މީހަކު ރާއްޖެ ނުދެކޭ: ޑރ ޖަމީލް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 27, 2025, 06:22 PM
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒު ފަދަ އިންސާނިއްޔަތު ކަމެއް ނެތް މީހަކު ރާއްޖެ ނުދެކޭ ކަމަށް ޑރ ޖަމީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޖަމީލަކީ، މި ސަރުކާރުގެ ފުރަތަމަ ހަފުތާގައި ޕީއެންސީ ކޯލިޝަނާ ފެޔަށްޖެހި ރައީސް އަބްދުﷲ ޔާމީނާއެކު މިހާރު އިދިކޮޅުގައި ހުންނެވި ބޭފުޅެކެވެ.

ޖަމީލް ޝޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަރުގެ އިންސާނިއްޔަތުކަމެއް ނެތް މީހަކު ފަހުގެ ތާރީޚުގައި ދިވެހިރާއްޖެ ނުދެކޭ ކަމަށެވެ. އަދި ވިދާޅުވީ އިންސާނަކު ގޮތްކުޑަވާނީ މިވަރަކަށް ކަމަށެވެ.

ޖަނަވާރުންވެސް އެގެންގުޅޭމީހާ ދަނޭ!

ޑރ. ޖަމީލު

ރައީސް މުއިއްޒަކީ އިންސާނިއްޔަތު ކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ޖަމީލު ސިފަ ކުރައްވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން، ޝަރުއީ ދާއިރާ އަށް ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވަ އެވެ.

ޑރ. ޖަމީލު މިފަދަ ޕޯސްޓެއް ކުރައްވާފައި ވާއިރު، ޑރ. މުއިއްޒުގެ ނާގާބިލުކަމާއި "ޖޯރު" ކަމުގެ ވާހަކައިން ރާއްޖޭގެ މުޅި ސިޔާސީ ވެށި ވަނީ ގުގުމާލާފައި އެވެ.

މިފަހުން ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަރަށް އިސް ބޭފުޅަކުވެސް ވަނީ ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް މިހާރު ލޭބަލްވެފައި ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved