theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ވަނީ އިއުލާންކޮށްފައި. / ސައުދީ ގެޒެޓް
ހަބަރު
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް: ސައުދީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 މޭ 2025
މާލެ ސިޓީ

މާދަމާއަކީ ޙައްޖު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މި އަހަރުގެ އީދު ދުވަހަށް ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަސްކަމަށް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.

ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށެވެ.

ސައުދީގެ ނިންމުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްހިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.

އެހެން ކަމުން، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ 1446 ވަނަ އަހަރުގެ ޙައްޖު ދުވަސް ޢަރަފާތު ދުވަސް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން މި އަހަރު 1،000 މީހުން ހައްޖަށް ދާނެ އެވެ. ހައްޖުވެރިންްގެ ދެ ގުރޫޕެއް އިއްޔެ އާއި މިއަދު ފުރި އިރު ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ފުރާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved