ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޗާގޯސް ގައި ޓުއަރިޒަމް ފަށައިފިނަމަ ދިވެހިރާއްޖެއަށް ބޮޑެތި އަސަރުކުރާނެ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
28 މޭ 2025
މާލެ ސިޓީ

ޗާގޯސް ގައި ޓުއަރިޒަމް ފަށައިފިނަމަ އެކަންތަކުން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޗާގޯސް ދިވެހިން އަތުން ބީވެގެން ދިއުމަކީ އޭގެ ސަބަބުން ދިވެހިނަށް ވަރަށް ބޮޑު ހިތާމައެއް ކުރަން ޖެހޭނެކަމެއް ކަމަށެވެ. ޒަމާނެއް ގައިވެސް އެތަނުގައި ޓޫރިޒަމްގެ މަޝްރޫއެއް ފަށައިފި ނަމަ ދިވެހި ރާއްޖޭގެ ޓޫރިޒަމަށް އޭގެއިން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

އެމެރިކާގަ މިލިޓްރީ ބޭސްއެއް ހުރީމަ އެހުންނަހާ ދުވަހަކު މިތަނުގަ އެހެންބަޔަކު ޓުއަރިޒަމް ހަދާ މިކަންކަން ކުރަން ޖާގަދޭނެ ކަމެއް ނޭގޭ، އެކަމަކު އެއްވެސް ހިސާބެއްގަ އެކަން ކުރަން ދީފި ކަމަށް ވަންޏާ ހަމަ ސްޓިފް ކޮމްޕެޓިޝަންއެއް އަޅުގަނަޑު މެންނާ!

- ރައީސް ޔާމީން

ދިވެހިރައްޔިތުންގެ ފަސްގަޑެއް ގޮތުގައި ޗާގޯސް އޮތް ނަމަ އޭގެއިން ދިވެހިންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކޮއްފާނެ ކަމަށާއި ދިވެހިން ދިރިއުޅުމަށް ޓަކައި އެފަސްގަނޑު އާބާދު ނުކުރަންވީ ސަބަބެއް ނެތް ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ.

ޗާގޯސް އަކީ މޮރިޝަސް ތަނެއްކަމަށާއި މޮރިޝަސް މީހުން ދިރިއުޅުު ތަނެއް ކަމަށް ދައުވާ ކުރިނަމަވެސް ދިވެހިން އެތަން ދޫކޮއްލައިގެން ނުވާނެކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ފިލިޕިންސް އާއި ޗައިނާއާއި ޖަޕާނާއި މިތަންތަނުން ޕެސިފިކް ކަނޑުގައި އޮތް ގާ ބުރިޔަކަށް ދައުވާކުރާއިރު އަޅުގަނޑުމެން އަތުން ބީވެގެން އެދިޔައީ ބޮޑު އަތޮޅެއް ކަމަށާއި އެހެން ކަމުން މިކަމާއިމެދު ދޫދީގެން ނުވާނެ ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޗާގޮސް މޮރިޝަސްއަށް ދޫކޮށްލުމަކީ ޖަރީމާއެއް ކަމަށެވެ.

މިފަހުން ޗާގޯސް މައްސަލައާ ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މި ސަރުކާރުގެ ވެރިން މީގެ ކުރިން ކިޔަމުން ގެންދިޔަ ހުރިހާ ޅެމެއް ފަރިއްސަށްވެ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި އެކަމަށް އެމެރިކާ ތާއީދުކޮށް، އެކުލަވާލި އެއްބަސްވުމުގައި މިފަހުން ވަނީ ސޮއިކޮށްފަ އެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމާއިއެކު ގެއްލުނު ކަނޑު ހޯދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް ވެސް މީގެ ކުރިން އެކުލަވައިލި އެވެ. ނަމަވެސް އެ ކޮމީޓީ ގެ މަސައްކަތް ވެސް އޮތީ ވާނުވާ ގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved