theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްއެމްޓީސީސީގެ ބަސްތައް ޕާކުކުރާނެ ތަން ނުދައްކާ ބަސް ޕާކުކުރާ ބިން އެޗްޑީސީއިން އަތުލައިފި / ތޭރަ އޮންލައިން
ހަބަރު
އެމްއެމްޓީސީސީގެ ބަސްތައް ޕާކުކުރާނެ ތަން ނުދައްކާ ބަސް ޕާކުކުރާ ބިން އެޗްޑީސީއިން އަތުލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
28 މޭ 2025
މާލެ ސިޓީ

ހުޅުމާލެ އާ މާލެ އާ ދެމެދު ކުރާ ޕަބްލިކު ޓްރާންސްޕޯޓުގައި ބޭނުންކުރަމުންދާ ބަސްތައް ހުޅުމާލޭގައި ޕާކުކުރަމުން އަންނަ ބިން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަތުލައިފިއެވެ.

އެމްޓިސީސީ ބަހުގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ތޭރަ އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުރިން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލާ މިއަދު އެޗްޑީސީގެ އޮފިޝަލުންތަކެއް އައިސް ވަނީ މިހާރު ހުޅުމާލޭގައި ބަސްތައް ޕާކުކުރަމުންދާ ބިމުގައި ދެން ބަސް ޕާކުނުކުރެވޭކަން އަންގާފައި ކަމަށެވެ.

ދެން ބަސްތައް ޕާކު ކުރާނެ ޖާގަ ނުދައްކާ އެގޮތަށް އަމަލުކުރި ސަބަބާ މެދު އެ މުވައްޒަފުން ސުވާލުކުރުމުން އެޗްޑީސީއިން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، "ކަލޭމެން ޕާކުކުރާނެ ތާކު ޕާކުކުރާށޭ، އަހަރުމެންނަށް ވަރިހަމަ އޭ މަގުމަތީ ޕާކުކުރިޔަސް" މިހެން ކަމަށް ވެސް އެމްއެމްޓީސީސީގެ މުވައްޒަފު މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިެގން މުވައްޒަފުން ކުންފުނީގެ މެނޭޖުމަންޓާ ސުވާލުކުރުމުން މެނޭޖުމަންޓުން އެންގީ އެގޮތަށް އަމަލުކުރުމަށް ކަމަށްވެސް އެ މުވައްޒަފު ވަނީ ކިޔައިދީފައެވެ. ނަމަވެސް މަގުމަތީ ބަސްތައް ޕާކުކުރުމުން ކުށްވެރިވާނީ އެ ޕާކުކުރާ މުވައްޒަފެއް ކަމަށާ އެގޮތުން ޓްރެފިކު ޕޮލިހުންގެ ފަރާތުން އަންނަ ކޮންމެ އަދަބެއްގެ ޒިންމާ ނަގަން ޖެހޭނީ ވެސް އެ ޕާކުކުރި މުވައްޒަފެއް ކަމަށްވާއިރު އެއީ ސަރުކާރުން ނިންމި ޒިންމާދާރުކަން ކުޑަ ނިންމުމެއްގެ ގޮތުގައިވެސް އެ މުވައްޒަފު ވަނީ ފާހަގަކޮށްފައެވެ.

ޕާކުކުރާނެ ތަން ނެތުމުން އެމްޓީސީސީ ހުޅުމާލެ ބަސްތައް މަގުމަތީ ޕާކުކޮށްފައި

ކުރިން އެއްވެސް ނޯޓިސް އެއް ދިނުމަކާ ނުލާ އެޗްޑީސީއިން ބަސްތައް ޕާކުކުރާ ބިން ނެގިއިރު އެތަން މިހާރު ދީފައިވަނި ޑިންގީ އެސޯސިއޭޝަންއަށް ކަމަށް ވެއެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވެސް އަދި އެމްޓީސީސީގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

ހުޅުމާލެއާ މާލެއާ ދޭތެރޭ ދަތުރުކުރާ 20 އަށް ބަސް އޮންނައިރު ދަތުރުތައް ފަށަނީ ފަތިހު 5:00ގައެވެ ދަތުރުތައް ނިންމާލަނީ މެންދަމުން އަލިވެ 12:30ގައެވެ. އެހެންކަމުން މިހާ ގިނަ ބަސްތަކެއް ހުޅުމާލޭ މަގުމަތީގައި ޕާކުކުރަން ޖެހޭ ނަމަ އެކަމުގެ އުނދަގޫ މަގުމަތި ބޭނުންކުރަމުން ގެންދާ އާންމު ރައްޔިތުންނަށް ކުރާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved