މަކާރާއި ހީލަތުގެ އަމަލުތަކުން ހޮސްޕިޓަލްގެ ވޯޓު އެނދުތައް ވެސް ފުރެނީ..! / ތޭރަގްރެފިކްސް
ރިޕޯޓު
މަކާރާއި ހީލަތުގެ އަމަލުތަކުން ހޮސްޕިޓަލްގެ ވޯޑު އެނދުތައް ވެސް ފުރެނީ..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 މޭ 2025
މާލެ ސިޓީ

ގައުމީ މައި ހޮސްޕިޓަލަށް ޑޮކްޓަރަކަށް ދައްކާލަން ބަލިމީހެއްގެ އެހީތެރި އަކަށް އިއްޔެ ދާން ފުރުސަތެއް ލިބުނެވެ. ދިމާވި ޑޮކްޓަރާއި ބަލީގެ ފަރުވާގެ ކުރިއެރުން ނުފެނުމާއި ގުޅޭ ގޮތުން ވާހަކަ ފެށުނެވެ. އެކަމަށް ޑޮކްޓަރު ހިތާއި ރޫހުން އެއްބަސް ވެ ލެއްވިއެވެ.

އަޅުގަނޑުމެންގެ ވާހަކަ އަށް ތާއީދުކުރަމުން ޑޮކްޓަރުގެ ލަފަޔަކީ އަވަސް ގޮތެއްގައި ބޭރު ގައުމަކަށް ގޮސް އިތުރު ޓެސްޓް ހަދާ ފަރުވާ އަލުން ފެށުމަށެވެ. އިއްޔެގެ ފަހު ޕޭޝަންޓަށް އަޅުގަނޑުމެން ވާތީއާއިއެކު ވަގުތު އޮޮތުމުން ގައުމީ ބަންޑާރަ ހޮސްޕިޓަލުގައި ލިބެންހުރި ވަސީލަތް ތަކުގެ ޝަކުވާ ޑޮކްޓަރު އަޅުގަނޑުމެނަށް ކިޔައިދެއްވަން ފެށީ ފިސާރި ގައުމީ ޖޯޝުގައި އެވެ. ސިއްހީ ފަރުވާއިން ދެމުން އަންނަ އިންސާނީ ހިދުމަތުގެ ދިފާއުގައި އެވެ.

ޑޮކްޓަރު ކިޔައި ދެއްވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ރަސްމީކޮށް ހުޅުއްވައި ދެއްވުމޭ އެބުނާ ބުނުމުގެ މާނައަކީ ޑޮކްޓަރުގެ ބަހުން "ބޭއިންސާފެކެވެ" ވިދާޅުވީ ޓާޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ފައްކާވެފައި ހުރި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ސިއްހީ ހިދުމަތް ތެރިންގެ ބޮލުގައި އަޅުވާ ބަދުނާމެކެވެ.

ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ނަންބޯޑަށް ރައްޔިތުން ހިދުމަތް ހޯދަން އަންނަ އިރު ވަސީލަތްތައް ހުރީ ސިއްހީ މަރުކަޒުގެ ލެވެލްގައި އެވެ. ކަތުރު އޮންނަނީ ކޮށިވެފައި އެވެ. މާސްކާއި ބޭސް މަލަންކޮޅުގައި ބާރެއް ނެތެވެ. ގެއަށް ދާ މަގުމަތީ ޑޮކްޓަރު އަޅައި ދެއްވާ ބޭސް މަލަންކޮޅު އޮންނަނީ ވެއްޓިފައި އެވެ.

ޑޮކްޓަރު ކިޔައި ދެއްވި އެވެ.

ޖަރާސީމު ނައްތާލައި އިންފެކްޝަންތައް ކޮންޓްރޯލް ކުރުމާއި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ޑިޕާޓްމަންޓް އަދި ވެސް ހުރީ ބޭނުން ކުރަން ފުރިހަމަ ހާލަތެއްގައި އެއް ނޫނެވެ. ދިހަ އެނދުގެ އައިސީޔޫއެއް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބަލިމީހުން އައިސީޔޫއަށް ލާން ބަލާއިރު އެނދު ހުންނަނީ ބެޑު ޝީޓް ނެތިފައި އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން ކުޑަ ކުޑަ ކަންކަން ހައްލު ނުވެ ހުރުމުން ބޮޑެތި ވޯޑުތައް ހުރީ ބަލިމީހާއަށް ތައްޔާރު ނުވެ އެވެ.

މި ފަހުން މުއިއްޒު ސަރުކާރުން ބުނި ގޮތުން މިހާތަނަށް ހުޅުމާލޭ ހޮސްޕިޓަލަކީ ލެވެލް 2 ގެ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަމުން އައި ތަނަކަށް ވިޔަސް އެއީ ކޮންމެ ދުވަހަކު ވެސް ގިނަ އަަދަދެއްގެ ބަޔަކު ފަރުވާ ހޯދާ ތަނަކަށް ވާތީވެ ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި ސަރުކާރުން ހިންގާ ހަމައެކަނި ހޮސްޕިޓަލަކީ އެ ތަނަށް ވެފައި، ހޮސްޕިޓަލް ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރަންޖެހެ ކަމަށް ބުންޏެވެ.

އެހެންވެ ޓާޝަރީ ހޮސްޕިޓަލަކަށް އެ ތަނަށް ބަދަލުކޮށްފައި ވަނީ ގެންނަން ޖެހޭ ބަދަލުތަކާ އެކު ހަގީގީ މާނައިގައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައި ދެއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ވިދާޅުވި އެވެ.

ނަމަވެސް ޑޮކްޓަރުގެ ވާހަކަތަކުން އަދި ރައްޔިތުން ޝޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓްތަކުން ފެންނަނީ ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ނުވާތަނެވެ. ހޮސްޕިޓަލުގެ އެނދު ކެޕޭސިޓީއަކީ ވެސް ބޮޑު މައްސަލައަކަށްވެ ހޮސްޕިޓަލުގެ މިހާރުގެ ބެޑް ކެޕޭސިޓީގައި ނުހިގައި ގަނެގެން އުޅޭ ތަނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތް ބާވެފައިވާ ތަނެވެ. ރައީސް މުއިއްޒު ސަރުކާރުން މިލިއަނުން ހޮސްޕިޓަލް ތަކަށް ކުންފުނިތަކާއި ގުޅިގެން ކުރާ ހަރަދުތައް ގެންނަން ބުނާ ތަރައްގީ ދަރުމަވަންތަ ފަދައިން ރައްޔިތުންނަށް ފެންނާކަށް އަތްލާކަށް ނުލިބެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމާލޭގައި ހުރި ސަރުކާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުޅުވިތާ 6 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ރައްޔިތުންނަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުން އަދިވެސް ހުޅުމާލެ ޓާޝަރީ ހޮސްޕިޓަލުގައި ހަމަނުވާކަން ވެސް ވަނީ ހާމަވެފައި އެވެ.

ޑޮކްޓަރު ދެން ކިޔައި ދެއްވީ އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވާ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވީ ގޮތުގެ ވާހަކަ އެވެ. މި ސަރުކާރުން ނިންމި ކަމަށް ބުނާ މި މަސައްކަތް ޑޮކްޓަރު ސިފަކުރެއްވީ އޮޅުވާލުމާއި ނު އަގުގައި ހޭވި ބޮޑު "ހަޑިއެއް"ގެ ގޮތުގައި އެވެ.

ގައުމީ ބޮޑު ހޮސްޕިޓަލްގެ ސައި ކޮޓަރި ތަކާއި ޑޮކްޓަރުންގެ ބައްދަލުވުމުން އިވޭ އަޑުތަކަށް ރެފާކޮށް ޑޮކްޓަރު ވިދާޅުވީ 92 މިލިއަން ހަރަދުކޮށްގެން މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް އައިޖީއެމްއެޗުގައި ހުޅުވިކަމަށް ސަރުކާރުން ސުރުހީ ޖެހި ނަމަވެސް ޑޮކްޓަރުން ބޭނުންވާ ޒަމާނީ ފެންވަރު އެތަނުގައި ނެތް ކަމަށެވެ.

އަދި ކުރިން އިދާރީ މަސައްކަތް ކުރަމުން އައި ސަރަހައްދު މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގްގައި ޖެނަރަލް ސާޖަރީތަކާއި ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރެވޭނެ ގޮތައް ފަރުވާކޮށް ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކުރީ ދެކޮޅު ނުޖެހޭ އަލުން އަވަސް މަރާމާތެއް ކުރަން ޖެހޭ ގޮތަށެވެ.

މިފަދަ މިސައްކަތެއް ނިންމިއިރު މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުރީ ޑޮކްޓަރުންގެ ފަންނީ ލަފާނެތި ކުޑަ ކޮށިތަކެއް ގޮތަށް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން އަބަދުވެސް ގުނަނީ ބޯ ގުނާ ގޮތަށް އެދުގެ އަދަދު ކަމަށާއި މިތަން ހުޅުވި ދުވަހުވެސް 75 އެނދުގެ ވިންގްއާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމްލަ އަދަދު ވަނީ 510 އަށް އިތުރުވެފައި ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ނަމަވެސް އެދުން ފޯރުކޮށްދޭ ހިދުމަތް ހުރީ އާދައިގެ ވޯޑް ރޫމް އެއްގެ އެނދު ފަދައިން ކަމަށެވެ.

މި ތަނަށް ހޭދަ ކުރި ކަަމަށް ރަށުތެރެއިން އަޑު އިވޭ 92 މިލިއަން ރުފިޔާ އަކީ އައިޖީއެމްއެޗް އަށް މިހާރުން މިހާރަށް ބޭނުންވެފައިވާ މުހިންމު ސިއްހީ އާލާތްތައް ހޯދުމަށް ކުރި ހޭދައަކަށްވި ނަމަވެސް ރައްޔިތުންނަށް ރައްކާތެރި ސިއްހީ ހިދުމަތެއް ދިނުމަށް ޑޮކްޓަރުންނަށް އިތުރު ހިތްވަރެއް ލިބުނީސް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ތެދެކެވެ. އަވަސް އަރުވާލައިގެން ދައުލަތުގެ މާލީ އަދި ކުންފުނިތަކުގެ ޕްރޮކިޔުމަންޓް އުސޫލުގެ ބޭރުން ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ކުރަމުން އަންނަ "ވައްކަން" މިއަދު މިވަނީ ހޮސްޕިޓަލްގެ ވޯޑު އެނދުތަކާއި ހަމައަށް ފޯރާފައި އެވެ. ސޯލިހު ސަރުކާރުން ކޮވިޑް ދުވަސްކޮޅު ނޭވާ ހޮޅިން ވައްކަން ކުރި ފަދައިން ނެވެ.

ރައީސް މުއިއްޒުގެ ޕްލޭން އެއް ނެތުމުގެ ސަބަބުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ ވަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލައިފައި އެވެ. އަޅުގަނޑުމެނަށް ދިމާވި ޑޮކްޓަރުގެ ދުލުން އެ ވިދާޅުވެ ދެއްވީ އެވާހަކަ ތަކުގެ ކުޑަ މިންވަރެކެވެ.

ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދޭން ހޮސްޕިޓަލުތަކުގައި ކްލިނިކެއް ހުޅުވިފައި ހުންނާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑްރެސިން މެޓީރިއަލް ހުސްވެ، މިއަދު ދިވެހި ރައްޔިތުންގެ ސިއްހީ ހިދުމަތުގެ ފާރުގަނޑު އެދަނީ އިތުރަށް ބޮޑުވެ ހާލަތު އިތުރަށް ގޯސް ވަމުން ނެވެ.

ރައީސް މުއިއްޒުއެވެ. މަނިކުފާނަކަށް މިރާއްޖޭގެ މައްސަލަތަކެއް "ގެޓެއް" ނުވެ އެވެ. މި ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް ހެވެއް އެދޭނަމަ ރައީސް ނަޝީދު ފަދައިން އަމިއްލަ ފުޅަށް އިސްތިއުފާ ދެެއްވާ ގެއަށް ކަނޑާލައްވާ ށެވެ. ދިވެހި ޑޮކްޓަރުންގެ ނިދާ އަކީ ވެސް މި އީ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved