ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ / ރައީސް އޮފިސް
ސިޔާސީ
ދިވެހި ހައްޖާޖީންނަށް ރައީސް މުއިއްޒުގެ ކެމްޕެއިން ހަރަކާތަކަށް މަޖުބޫރު ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
04 ޖޫން 2025
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތަކަށް މަޖުބޫރު ކޮށްގެން، ރާއްޖެއިން މައްކާއަށް ހައްޖު ކުރުމަށް ގޮސްތިބި ހައްޖާޖީންތައް ގެނެސްފިއެވެ.

މައްކާގެ މާތް ބިމުގައި ހުރެ ރައީސް މުއިއްޒު ވަނީ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދައި ފައެވެ. އޭގެ ތެރޭގައި މައްކާ ރޫޓު އިނީޝިއޭޓިވް އަކީ މުއިއްޒުގެ މަސައްކަތެއް ކަމަށް ދައްކައިފައި ވެއެވެ. މައްކާގެ ރޫޓިން އިނީޝިއޭޓިވް އަކީ މުއިއްޒަށް އެނގިގެން ހިނގި ކަމެއްވެސް ނޫނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް އަކީ ސައުދީއިން ފަށައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ހަތް އަހަރު ވަންދެން ސައުދީއިން މި މަސައްކަތް މިހާތަނަށް ކޮށްފައިވާއިރު، ހުރިހާ ގައުމަކަށްވެސް މައްކާ ރޫޓު އިނީޝިއޭޓިވް ފޯރުކޮށް ދިނުން މީ މާ ކުރިންނިންމާފައި އޮތް ކަމެކެވެ.

މިއީ މުއިއްޒު އާއި އަދި ރާއްޖެއާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ކްރެޑިޓް ނެގުމަށް މައްކާގެ ބިމުގައިވެސް މުއިއްޒު ދަނީ އެތައް ކަމެއް އޮޅުވާލައި ދޮގު ހަދައިގެން ސީދާ ކަމުގެ ތެދު ވަންހަނާ ކުރުމަށް ވާހަކަ ދައްކަމުންނެވެ.


މައްކާ ރޫޓުގެ ތެރެއިން ހައްޖުވެރިން ހައްޖަށް ފޮނުވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އޮޅުވާލައިގެން ހައްޖުވެރިންނަށް 13 ދުވަސް ހައްޖުގެ އަޅުކަމުން ގެއްލުވާލާފައެވެ.

13 ދުވަސް ހައްޖުގެ އަޅުކަމުން ހައްޖުވެރިންނަށް ގެއްލުވާލާފައި ވަނީ، ހައްޖުވެރިން ހައްޖަށް ގޮސް، މައްކާގައި ހުރުމަށް އެ 13 ދުވަސް ހިމަނައިގެން ފައިސާ ދައްކާފައި ވަނިކޮށެވެ. ހައްޖަކީ ހައްޖުވެރިން ފައިސާ ދިނުމުން، އެ ފައިސާ ބޭނުން ކޮށްގެން ދޭ ޚިދުމަތަކަށް ވާއިރު، ހައްޖުން މަދުވި ދުވަސްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހައްޖާޖީންނަށް ދޭން ޖެހެއެވެ.

ދީނީ ގޮތުން އަދި ދުނިޔެވީ ކޮންމެ ހަމައަކުން ބެލިއަސް، ރައީސް މުއިއްޒު އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ފައިސާއިން ކުރާ ވައްކަމެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved