ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މިހާ ތަނަށް ފެނިފައި ހުރީ ފުލުހުންނަށް ދޭ ބާރުތަކުގެ ނަހަމަ ބޭނުން ހިފާތަން: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
29 މޭ 2025
މާލެ ސިޓީ

މިހާ ތަނަށް ފެނިފައި ހުރީ ފުލުހުންނަށް ދޭ ބާރުތަކުގެ ނަހަމަ ބޭނުން ހިފާތަން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ދާދި ފަހުން ފާސްކުރި ގޭންގު ބިލަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، ބާރެއް ލިބިފައި އޮތަސް މީގެ ކުރިންވެސް ފުލުހުންނަކީ އެމީހުންނަށް ލިބިފައިވާ ބާރުތައް ނަަހަމުގޮތުގައި ބޭނުންކުރާ ބައެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ދެ އަންހެނަކު އެއްވިޔަސް ޕެޕާސްޕްރޭ ފަދަ ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރާކަމަށެވެ.

ފުލުހުންނަށް އެންމެ ފަހު ދީފައިވާ ގޭންގް ބިލް ބާރުން އަދުލުވެރިކަން ތުހުމަތު ކުރެވޭ ހިސާބުންވެސް ނޯންނާނެކަން ހާމަވެގެން ގޮއްސި ކަމުގައި އެމަނިކުފާނު ވނީ ވިދާޅުވެފައެވެ.

އަދުލުވެރިކަން އަންނަންވާ ހިސާބަކީ ހަމައެކަނި ހުކުމާއި ހިސާބަކު ނޫނޭ އަދުލުވެރިކަން އަންނަންވާ ހިސާބަކީ މީހަކާއި ދޭތެރޭ ތުހުމަތުވާ ހިސާބު، އެކަަމަކު މީހުންނާއި ދޭތެރޭ ތުހުމަތުވާ ހިސާބުން އަދުލުވެރިކަން ނޯންނާނެކަން ކިތަންމެ ރަނގަޅަކަށް ވެސް ދައްކައި ދީފި ފުލުހުންނަށް އިހައްދުވަހު އެދިން އާދަޔާ ހިލާފު ބާރުތަކުންް، ގޭންގް ބިލުން ފުލުހުންނަށް އެދިނީ އާދަޔާ ހިލާފު ބާރުތަކެއް.

- ރައީސް ޔާމީން

ގޭންގްތައް ހިންގުމާއި އަދި އެގޭންގުތަކުން ކުރަމުންދާ ޤާނޫނާއި ހިލާފު ކަންތައްތަކަކީ ކުށްވެރިވާނެ އަމަލުތަކެއް ކަމުގައި ވީނަމަވެސް ބާރެއް ލިބިއްޖެނަމަ އެބާރަށް އަރައި ގަތުމަކީ އިންސާނީ ތޮބީއަތެއް ކަމުގައިވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިންޓެލް ރިޕޯޓަށް ބަރޯސާވެެ ބަންދުކުރާ މީހުންނަށް ކުރާ ތުހުމަތު ތަކާމެދު ފަނޑިޔާރު ސުވާލުވެސް ކޮށްނުލާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެމީހުންގެ އިންޓެލް ރިޕޯޓަކީ ރިޓަން ޑޮކިއުމެންޑަކަށް ވާއިރު އޭގެ ތެދު ދޮގު ބަލާއިލާ ފިޔަވަޅު އެޅުމުގެ ކުރިން އިތުރު ހެކިތަކެއް ހޯދުން މުހިންމު ކަމުގައި ވިދާޅުވެފައެެވެ.

ޤާނޫނު އަސާސީންނާއި ޤާނޫނުން ފުލުހުންނަށް ބާރުތަކެއް ދީފައި ވަނީ އަމާނާތް ތެރިކަމާއެކީ އެބާރުގެ ބޭނުން ހިފާނެ ކަމަށް ގަބޫލު ކޮށްގެން ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ފުލުހުން ވާންޖެހޭނީ ސިޔާސީ ލީޑަރުންގެ އަމުރާއި ދޭތެރޭ ވިސްނާފައި ކަންތައް ކުރަން ޖެހޭ ބައެއް ކަމަށާއި އެބޭފުޅުން ކުރާ ކޮންމެ އަމުރަކަށް ތަބާވާން ޖެހޭ ބައެއް ނޫން ކަމުގައި ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

އަދުލުއިންސާފު ގާއިމްކުރުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ބައެއް ކަމުގައި ވާއިރު ލިބިފައިވާ ބާރުތައް އަމާނާތްތެރިކަމާއިއެކު ބޭނުން ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved