

ހައްޖާޖީންނަށް އުނިވެފައިވާ 2 ހަފްތާގެ ތަފްސީލް ސަރުކާރުން ދޭން ޖެހޭނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހައްޖުވެރިން، އެބައިމީހުންގެ ދަތުރަށް ހައްޖު ކޯޕަރޭޝަންއަށް 1 މަސްދުވަހަށް ލާރި ދައްކާފައި ވާއިރު، އެމީހުނަށް އެ އެއް މަސް ދުވަހުގެ މުއްދަތުން އުނިވެފައިވާ 2 ހަފްތާގެ ތަފްސީލް ސަރުކާރުން ހާމަ ކުރަން ޖެހޭނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނަކީ އާންމު ގޮތެއްގައި ދަރަނި ވެރިވެފައި އޮންނަ ތަނަކަށް ވީއިރު މިދިޔަ އަހަރު އެކަނިވެސް 40 މިލިޔަން ވަރު ދަރަނި އޮތް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ހައްޖު ކޯޕަރޭޝަން ދަރަނިވެރި ވުމާއި ހައްޖު ވެރިންނަށް ހައްޖު ކޯޕަރޭޝަން އާއި ގުޅިގެން ދިމާވަމުން ދާއިރު ދަތިތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު މަޖާޒީ ގޮތަކަށް ވިދާޅުވީ މިއަދު މިސަރުކާރުން ވަނީ ހަމަ ރަނގަޅަށްވެސް ކޮރޮޕްޝަނުގައި ތަޅު އަޅުވާފައި ކަމުގައެވެ.
ހައްޖު ކޯޕަރޭޝަނަކީ ހިދުމަތެއް ދޭތަނަކަށް ވީމަޔާއި އެކީ އަމުކޮށް އުޅެނީ ދަރަނީގަ އިނގޭތޯ މިހާރު ހައްޖު ކޯޕަރޭޓަން ފެށިގެން މިދިޔަހަރު ހަމައެކަނި މިދިޔަ އަހަރު އެކަނިވެސް ދަރަނި އެބައުލެ ސާޅީހަކަށް މިލިޔަން އެހެން ވީމަ ޖުމްލަ ދަރަނި އެބައުޅޭ 200 މިލިޔަނަށް ވުރެ މަތީގަ
ރާއްޖޭގައި ގެސްޓު ހައުސް ގެންގުޅޭ ރަށެއްގެ ކައުންސިލާއި ގުޅިގެން ޕްރައިވެޓް ކުންފުންޏެއް، ސަރުކާރަށް އެނގުމަކާއި ނުލައި ހައްޖު ކޯޕަރޭޝަނުން ވަނީ އުއްފައްދާފައި ކަމަށާއި، އަދި މި ކުންފުނީގެ މަގުސަދަކީ އިސްލާކިކް ޓުއަރިޒަމް ކުރިޔަށް ގެންދިޔުން ކަމުގައި އެމަނިކުފާނު ވަނީ ހާމަ ކޮށްފައެވެ.
އިސްލާމިކް ޓޫރިޒަމް އަކީ ކޮބައި ކަމާމެދު ސުވާލު އުފައްދަމުން އެމަނިކުފާނު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން އެކުންފުނީގެ ސީޓް ކެޕިޓަލް ގެ ގޮތުގައި 80 ޕަސެންޓް ހައްޖު ކޯޕަރޭޝަން ފައިސާއިން އިންވެސްޓް ކުރާ ކަމަށާއި އަދި އަނެއް 20 ޕަސެންޓަކީ އެރަށުގެ ކައުންސިލުން އިންވެސްޓް ކުރާ ފައިސާ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.