
އައިނު އެޅިޔަސް މުއިއްޒުގެ ތަރައްޤީއެއް ރައްޔިތުންނަށް ނުފެންނާނެ ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހަންމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެެވެ.
އާސަންދައިން އައިނު ހައްދަން ދޭ ފައިސާ 2000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމުގައި ބުނެ ރައިސުލް ޖުމުުހޫރިއްޔާ، ޑރ.މުހަންމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ފާޑުކިޔަމުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެބޭފުޅާވަނީ މިފަދައިން ލިޔެފައެވެ.
އެމަނުކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެފައިވާ ވައުދުތަކާއި ދައްކާފައިވާ ކުލަތައް ވެރިކަމުގައި ދެއަހަރާއި ހަމަސް ވެފައި ވާއިރުވެސް ވާނެ ކަމުގެ މަލަމަތިވެސް ފެންނަން ނެތުމުން މަހީލުވަނީ އެކަމަށް ފާޑު ކިޔުންވާފައެވެ.
ރަސްމާލޭގެ ޓަނަލް ނުފެންނަ ކަމަށާއި، އައްޑޫ ބުރިޖްވެސް އައިނު އެޅިޔަކަސް ނުފެންނަ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި މިޔާއިއެކު ބަންކަރިން ގެ ޕްރޮޖެކްޓާއި އަދި ފައިނޭންޝަލް ހަބުވެސް އައިނު އެޅުމަކުން ނުފެންނަކަމުގައި އެބޭފުޅާވަނީ ވިދާޅުވެފައެވެ.
ރައިސް ވެފައިވާ މިފަދަ ވައުދު ތަކަކީ ވުމަށް ވުރެ ނުވުމާއި ގާތް ކަންތައް ތަކެއްކަން އެ ޕޯސްޓުން ހާމަވެގެން ދެއެވެ.މިފަދަ ވާހަކަ ތަކަކި ވެރި ކަމުގެ ދަހިވެތި ކަމުގައި އެމަނިކުފާނު ދައްކާފައިވާ މޮޅެތި ވާހަކަކަން ވެރިކަމުގައި މިހޭދަވި ދުވަސްތަކުން ހާމަވެގެންދެ އެވެ.










