March 17, 2026
Advertisement
މޯލްޑިވްސް އެކްސްޕޯގައި ހުރި އިންޑިޔާ ސްޓޯލް
މޯލްޑިވްސް އެކްސްޕޯގައި ހުރި އިންޑިޔާ ސްޓޯލް / އަދަދު

ދިވެހިންގެ އުފެއްދުންތެރި ކަމުގެ މައުރަޒުގެ ތެރެއިން އިންޑިޔާގެ ހުނަރުވެސް ފެނިއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 31, 2025, 10:02 PM
މާލެ ސިޓީ

ދިވެހީންގެ އުފެއްދުންތެރިކަމަށް ބާރުދީ ދިވެހީންގެ އަމިއްލަ ވިޔަފާރީތައް ފުޅާ ކުރުމުގެ މަގުސަދުގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން މިހާރު ކުރިއަށް ގެންދާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު (މޯލްޑިވްސް އެކްސްޕޯ) ގައި އިންޑިއާގެ ސްޓޯލްތަކެއް ހުރުމުން އާނމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

Advertisement

އިންޑިޔާގެ މި ސްޓޯލްތަކުގައި ވިއްކަން ހުރީ އެ ގައުމުގައި ތައްޔާރުކޮށްފައިވާ ގަހަނާ އާއި ސްކާފް ފަދަ ތަކެތީގެ އިތުރުން އިންޑިއާގެ ސަގާފަތާއި އަމިއްލަވަންތަކަން ދައްކުވައިދޭ ކުޅޭ ތަކެތީގެ އިތުރުން އެ ގައުމުގެ އުފެއްދުންތެރިކަން ފެންނަ ތަކެއްޗެވެ.

އިންޑިއާގެ ރޫރަލް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ނަން ޖަހާފައިވާ މިސްޓޯލް ތަކުން ބެލެވެނީ، އެ ސްޓޯލްތަކަކީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދޫކޮށްފައި ހުރި ސްޓޯލްތަކެއް ކަމަށެވެ.

އަނެއް ސްޓޯލްގައި އަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ވިޔަފާރިއަކުން ހިންގަމުންދިޔަ ސްޓޯލެކެވެ. ބެލެވޭގޮތުަގައި މިސްޓޯލް އަކީ މުސްކާން ހޭންޑިކްރާފްޓްސް ކިޔާ ވިޔަފާރިއަކުން ހިންގާ ސްޓޯލްއެކެވެ. މިތާގައި ހުރީ ލަކުޑިން ތައްޔާރު ކޮށްފައި ހުރި ކުޅޭ ތަކެއްޗެވެ. އޭގެތެރޭގައި ލާޖަހާފައި ހުރި ކުޅޭ އެއްޗެހި ވެސް ހިމެނެ އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި ސެންޓްރަލް ޕާކުގައ ކުރިއަށް ގެންދާ މިހަރަކާތުގެ އަސްލު މަގުސަދު މި ސޮޓޯލްތަކުން އޮޅިފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަން އިތުރުކޮށް އެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ދިވެހީންގެ އުފެއްދުންތެރިކަން ދައްކާލުމަށްޓަކައި މި މައުރަޒު ކުރިޔަށް ގެންގޮށްފައި ވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަކެތި ތައްޔާރުކޮށް މައުރަޒުގައި ބައިވެރި ކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved