

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުސީދާ އިންސާރެއް އަނެއްކާ ވެސް ދެއްވައިފި އެވެ.
މިފަހުން ރައީސް ވަނީ ސިނގިރޭޓް އަދި ވޭޕް ވިއްކާ ވިޔަފާރިވެރިންނަށް ވެސް އިންޒާރުދީ ބިރުދައްކާފައި އެވެ. އެގޮތުން ވޭޕް އާއި ސިގިރޭޓް ވިއްކާމީހުން ވެސް "އެހެން ކަމަކައިގެން އުޅެން" ރައީސް ވަނީ ގޮވާލައްވާފައި އެވެ.
މި ސަރުކާރުން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން ޓެކްސީ ކުރުމާއި އެޅިގައި އެޅުން ފަދަ ވިޔަފާރިތަކަށް ވަންނާނެ ކަން ސަރުކާރުން މިހާރުވަނީ އިއުލާންކޮށްފައި އެވެ.
މީގެ އިތުރުން ރައީސް މިއަދު ވަނީ ނަންބަރު އައިނުގެ ވިޔަފާރި ފަށަން ސަރުކާރުން ނިންމާފައިވާ ކަން ވެސް އިއުލާންކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ނަންބަރު އައިނުގެ ވިޔަފާރި ފެށުމަށް ނިންމީ އާސަންދައިން ކަވަރުކޮށްދޭ ފައިސާގެ އަދަދު މަތިކުރީތީވެ އޭގެ ނާޖާއިޒު ފައިދާ ޕްރައިވެޓް ސެކްޓާއިން ނަގަން ފުރުސަތު ދޭން ސަރުކާރުން ބޭނުން ނުވާތީ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.
ޕްރައިވެޓް ސެކްޓާގެ އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. ދެން ޕްރައިވެޓް ސެކްޓާގައި ވެސް މި ކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗްއާ ކޮމްޕީޓްކުރަން [ވާދަ ކުރަން]. އެ ފެންވަރުގެ އައިނާއި ދުނިގަނޑު ޕްރައިވެޓް ސެކްޓާއިން ވެސް ޖެހޭނީ ހައްދައިދޭން،
ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް ރައީސް މުއިއްޒު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާ ވިޔަފާރިވެރިޔަކު ވެސް އެއް އަހަރު ދުވަސް ފަހުން އޮޑިދޯނިފަހަރު ބަންނަ މަންޒަރު ފެންނަ ކަމަށް ވެސް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައި އެވެ.
އަދި ޑެކްސީ ޑްރައިވަރުން ނުރުހުނަސް ސަރުކާރުން އެ ހިދުމަތަށް ވެސް ނިކުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރު " ވިޔަފާރި ގެއަކަށް" ބަދަލުވެ ކުޑި ވިޔަފާރިވެރިންނަށް އޭގެ ނުހުރުއްޕާން ކުރަމުން އަންނާތި ގިނބަޔަކަު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނެވެ.