March 11, 2026
Advertisement
ރައިސް މުއިއްޒު
ރައިސް މުއިއްޒު / ރައީސް އޮފިސް

ސަރުކާރުން އަނެއްކާ ވެސް އިތުރު ކުންފުންޏެއް އުފައްދައިފި، ނަމަކީ ފައިނޭންޝަލް ޑިސްޓްރިކްޓް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 1, 2025, 07:01 PM
މާލެ ސިޓީ

މުއިއްޒު ސަރުކާރުން ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

Advertisement

އެ ކުންފުނި އުފެއްދެވީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސްގެ ގަރާރަކުންނެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ މި ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

އެ އޮފީހުން ބުނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވެސް މި ކުންފުނިން ކުރާނެ ކަމަށެވެ.

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ އެވެ.

މިހާރުވެސް ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮތްއިރު އަނެއްކާވެސް އިތުރު ކުންފުނިތައް ހަދައިގްނެ ސަރުކާރުން ޖަހަން މި އުޅެނީ ޮން ސަކަރާތެއްތީ ރައްޔިތުން އަންނަނީ ސުވާލު ކުރަމުން ނެވެ.

އިއްޔެ ވެސް ސަރުކާރުން ވަނީ އެޅިގައި އަޅާ ކުންފުންނެޓް ރަޖިސްޓްރީކޮށްފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved