March 19, 2026
Advertisement
މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު
މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު / ދައުރު

ހުކުރު ވަގުތު ފްލައިޓުތައް ނުޖެއްސޭނެހެން ގާނޫނު އިސްލާހުކުރަން ޖެހޭ: އިބްރާހިމް މުހައްމަދު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 2, 2025, 10:52 PM
މާލެ ސިޓީ

ހުކުރު ވަގުތު ފްލައިޓުތައް ނުޖެއްސޭނެހެން ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ހުކުރު ދުވަހުގެ ހުކުރު ވަގުތު ފްލައިޓު އޮޕަރޭޝަން ކުރިއަށްގެންދާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ 2،000އެއްހާ މުވައްޒަފުންގެ ހުކުރު ނަމާދު ގެއްލޭ ކަމަށާއި އެވަގުތު އެ އޮޕަރެޝަން ކުރިއަށް ގެންދިއުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ޖެހޭ ކަަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އިބްރާހިމް މުހައްމަދު މިގޮތަށް ގޮވާލެއްވީ،  ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ބަދަލު ގެނެސްފައިވާ މިގާނޫނަކީ އިޒްރޭލްގެ ގައުމީ އެއާލައިން ފުވައްމުލަކަށް ޖެއްސުމަށްޓަކައި ގެނައި ބަދަލުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ހުކުރު ގަޑީގައި ފްލައިޓު ޖެއްސޭ ގޮތަށް ބަދަލުކުރި ކުރުމެކެވެ. ނަމަވެސް މި ސަބަބުތަކާއިހުރެ 31 ޑިޕާޓަމަންޓަކުން 2،781 މުވައްޒަފެއްގެ ހުކުރު ގެއްލޭނެ ކަމުގައި އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާއިރު، ހުކުރު ދުވަހަކީ މުސްލިމުންގެ އީދު ދުވަހެކެވެ. އެ ދުވަހު ކުރާ ހުކުރު ނަމާދަކީ މުސްލިމުންނަށް ވަރަށް މުހިންމު އަޅުކަމެއް ކަމަށާއި އެހެން ކަމުން ކުރިން އޮތްގޮތަށް އެއިސްލާހު ގެނައުމަކީ ރައްޔިތުންވެސް އެންމެ އެދިލައްވާނޭ ގޮތް ކަމުގައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved