ދިވެހި ހައްޖާޖީން ކައުބަތުﷲ ގެފުޅު ކައިރީ ޠަވާފުކުރަނީ / ހައްޖު ކޯޕަރޭޝަން
ހަބަރު
ހީޓް ސްޓްރޯކު ޖެހިގެން ވެސް އަދި އެހެން ބައްޔެއް ވެގެންވެސް ދިވެހި ހައްޖާޖީއަކަށް ފަރުވާ ދެމުން ނުދޭ: ހައްޖު އެމްޑީ
Mariyam Isaadha
މަރިޔަމް އިސާދާ
02 ޖޫން 2025
ސައުދީ އަރަބިއްޔާ - މައްކާ

1446 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ތިބި ދިވެހި ހައްޖާޖީންގެ ހާލު ރަގަޅު ކަމަށާ ހީޓް ސްޓްރޯކު ޖެހިގެން ވެސް އަދި އެހެން ބައްޔެއް ވެގެންވެސް ދިވެހި ހައްޖާޖީއަކަށް ފަރުވާ ދެމުން ނުދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލު ހާމަކުރައްވައިފިއެވެ.

މި އަހަރުގެ ހައްޖު މޫސުން ފެށިފައިވާއިރު، މައްކާގައި ހޫނު ގަދަވުމުގެ ސަބަބުން ހީޓު ސްޓްރޯކު ޖެހި ގިނަ އަދަދެއް ހައްޖާޖީންނަށް ފަރުވާ ދޭން ފަށައިފި ކަަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވާތީ ދިވެހި ހައްޖާޖީންގެ ހާލު އޮޅުން ފިލުވާ މައުލޫމާތު ސާފުކުރުމަށް، މިވަގުތު މައްކާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލަށް "ތޭރައޮންލައިން"ގެ ފަރާތުން މެސެޖުކޮށްލުން ވިދާޅުވެފައިވަނީ ދިވެހި އެއްވެސް ހާޖީއަކަށް އެޑްމިޓުކޮށްގެން މިވަގުތު ފަރުވާ ދެމުން ނުގެންދާ ކަމަށާ ސީރިއަސް މެޑިކަލް އިޝޫއެއް އެއްވެސް ހާޖީއެއްގެ މިވަގުތު ނެތް ކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މައްކާގައި ހޫނު ގަދަވެފައވާ ކަމަށް ސައުދި އަރަބިއާގެ ސަރުކަރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މައްކާގެ ފިނި ހޫނުމިނަށް ބަލާއިރު، ދުވާލުގެ ގަޑިތަކުގައި ފިނިހޫނު މިން ހުންނަނީ 40 ޑިގްރީ ސެލްޝިއަލްއާ 47 ޑިގްރީ ސެލްޝިއަސްއާ ދެމެދުގައެވެ. އެހެންކަމުން ހޫނު ގަދަވުމުގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިޥާ ގިނަ ހައްޖާޖީންތަކަށް ހީޓް ސްޓްރޯކު ޖެހި ވަނީ ފަރުވާ ދޭން ފަށަފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ހައްޖާޖީއިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން ސައުދި އަރަބިޔާ ގެ ސަރުކާރުން ވަނީ މިހާ ތަނަށް ދުވަހަކުވެސް އެގައުމުން ނުވާ ވަރުގެ ތައްޔާރީ ވެފައެވެ. އެގޮތުން:

  1. 200 އެނދުގެ އެމަރޖެންސީ ހޮސްޕިޓަލެއް ގާއިމުކުރުމާ 1200 އެނދުގެ ތްރީ ފީލްޑް ހޮސްޕީތަލެއް ގާއިމުކުރުން.

  2. 500 އަށް ވުރެ ގިނަ ސިއްހީ އެހިތެރިންގެ ޓީމުތަކެއް މައްކާ، އަރަފާތުގެ އިތުރުން މިނާގައި ގާއިމުކުރުން.

  3. 50000 އަކަމީޓަރަށް ހިޔާކުރެވިފައިވާ މަގުތައް އިތުރުކުރުން.

  4. 400 އަށް ވުރެ ގިނަ މިސްޓިން ފޭން އަދި ފެން ލިބޭނެ ތަންތަން ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުުރުން ސައުދީ ސަރުކާރުން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާ ގުޅިގެނ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ފަށާފައެވެ. މީގެ އިތުރުން ހައްޖާޖީން ފިނި ފެނުން މޫނު ދޮވުމަށާ ބޯ އެނބުރުން ނުވަތަ ބޮލުގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިއެއް އެހީ ހޯދުމަށް ވެސް އިރުޝާދު ދީފައިވެއެވެ.


ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ގޮސްފައިވަނީ 1000 ހައްޖުވެރިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved