theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އދ.ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވަނީ. -- / ފޮރިން މިނިސްޓްރީ
ހަބަރު, ސިޔާސީ
އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސް ކަމަށް ރާއްޖެ އިންތިހާބުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖޫން 2025
މާލެ ސިޓީ

އދގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.

މި ކަން ހާމަ ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ.ގެ މެންބަރު ގައުމަތަކާ ގާތުން މަސައްކަތްކޮށް، 80ވަނަ އާންމު މަޖިލީހުގައި ކުރިއެރުންތަކެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއިން އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ހޭދަކުރާއިރު، މަލްޓިލެޓަރަލް ސިސްޓަމް ހަރުދަނާކުރުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭން ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ. އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވީ، އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދަކީ މި ވަގުތު އިދިކޮޅު އެމްޑީޕީގެ ރައީސެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?