theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒުގެ ޗެޓަމް-ހައުސް ޓޯކު ކެންސަލްކުރެވުނު ކަމުގެ އަޑުތަކެއް! / ތޭރަގްރެފިކްސް
ހަބަރު
ދޮގު ހެދުމާ ގުޅިގެން، ރައީސް މުއިއްޒުގެ ޗެޓަމް-ހައުސް ޓޯކު ކެންސަލްކުރެވުނު ކަމުގެ އަޑުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖުލައި 2025
މާލެ ސިޓީ

އދ. ގައި ދޮގު ތަގުރީރެއް ދިނުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒުގެ ޗެޓަމް-ހައުސް އިންޓަވިއު ކެންސަލްކޮށްފި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ލަންޑަންގައި ހުންނަ، ނުފޫޒު ގަދަ ބައިނަލްއަޤްވާމީ ކަންތައްތަކާބެހޭ ތިންކް ޓޭންކްތަކުގެ ތެރެއިން އެއް ތަ ކަމަށްވާ ޗެޓަމް-ހައުސްގައި ވާހަކަ ދެއްކުމަށް ރައީސް މުއިއްޒަށް ފުރުސަތު ދިނީ އެމަނިކުފާނު އަމިއްލައަށް އެދުމުން ކަމަށްވީ ނަމަވެސް އެ ފުރުސަތު ފަހުން ނުދިނުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑީޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޗެޓަމްގައި ވާހަކަފުޅު ދެއްކެވުމަށް ރައީސް މުއިއްޒުއަށް ފުރުސަތު އެރުވީ ކުދި ޖަޒީރާތަކާއި، މަލްޓިލިރަލިޒަމް އާއި ގުޅޭ ގޮތުން ކަމަށްވެއެވެ. އެތަނުގައި ވާހަކަ ދެއްކުމަށް މުއިއްޒަށް ފުރުޞަތު ހޯދާދީފައި ވަނީ އެމްބަސީ މެދުވެރިކޮށެވެ.

ތަނުގައި ވާހަކަ ދެއްކުމަށް ރައީސް މުއިއްޒު ޕްރެކްޓިސް ޖައްސައި، ދައްކަވަންވީ ވާހަކަތައް ލިޔެ ތައްޔާރު ވެސް ކޮށްފައިވަނިކޮށް ޗެޓަމްއިން އިވެންޓު ކެންސަލް ކުރީ، އދ. ގައި ބޮޑެތި ދޮގުތައް ހަދައި ރައީސް މުއިއްޒު ދެއްވާފައިވާ ސްޕީޗްގެ މައްސަލަ އެތަނުގައި ފެންމަތިވެގެން، އެކަން ބައެއް ތިންކު ޓޭކުންގެ ސަމާލުކަމަށް އައުމުން، ރައީސް މުއިއްޒުއަކީ އެތަނުގައި ވާހަކަ ދައްކަން ފުރުސަތު ދޭ ފެންވަރުގެ މީހަކަށް ނުވާތީ ކަމަށް ރައީސް އޮފީހުގެ އޮފިޝަލްއަކާ ހަވާލާދީ މީީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން "ތޭރަ އޮންލައިން" އިން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ސުވާލުކުރުމުން ވިދާޅުވީ، އެއީ "ބުހުތާނު" ދޮގު ޚަބަރެއް ކަމަށެވެ. އަދި އެ އިވެންޓު ކެންސަލް ކުރިކަމަށް ބުނާ ފޮޓޯއެއް ހިއްސާކުރުމުން ވިދާޅުވީ، ވަޔަކު ހަދައިގެން ފެބްރިކޭޓުކޮށްގެން ދައްކާ ވާހަކައަކަށް ޖަވާބެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ އިޝާރާތްކުރެއްވީ އެ ފޮޓޯއަކީ ހަދާފައިވާ ފޮޓޯއެއްގެ ގޮތުގައިތޯ އެހުމުން ޚަލީލު ވިދާޅުވީ އެމަނިކުފާނު އިޝާރާތްކުރެއްވީ ފޮޓޯއަށް ނޫން ކަމަށާ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ކަމަށެވެ. އަދި އެ ފޮޓޯއަކީ ހަގީގަތެއް ނޫން ކަމަށް ވެސް ވިދާޅުވެފައިނުވެއެވެ.

މީގެ އިތުރުން ޗެޓަމްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވޭތޯއާ ވާނަމަ ދުވަހަކީ ކޮބައިކަމާ މެދު ކުރި ސުވާލަށް މިނިސްޓަރު ވިދާޅުވީ، "ޔޫކޭ ވިޒިޓްގައި ކުރައްވަން ޕްރޮގްރާމު ނިންމަވާފައިވާ ހުރިހާ ކަމެއް ކުރައްވާނެ، ކުރައްވާ ހުރިހާ ކަމެއްގެ ޚަބަރު އާންމު ކުރާނަން" މިފަދައިންނެވެ.

ޗެޓަމް ހައުސް މަޝްހޫރުވެފައިވަނީ މަތީ ފެންވަރުގެ ސިޔާސަތުތަކާ ގުޅޭ މަޝްވަރާތައް ބޭއްވުމަށެވެ. އަދި ދުނިޔޭގެ ލީޑަރުންނާއި، ޑިޕްލޮމެޓުންނާއި، އަދި ތަޖުރިބާކާރުން މިތަނުގައި ވާހަކަ ދައްކައެވެ.

ޗެޓަމް ހައުސްގައި ކުރިން ވާހަކަދައްކާފައިވާ ފަރާތްތަކުގެ ތެރޭގައި އެންޖެލާ މާކެލް، ކޯފީ އަނާން، އަދި ބަރާކް އޮބާމާ ފަދަ ދުނިޔޭގެ މަޝްހޫރު ޝަޚްޞިއްޔަތުތައް ހިމެނެއެވެ.

ރައީސް މުއިއްޒުގެ ދޮގު ހެއްދެވުމުގެ ސަބަބުން މިފަދަ ކަމެއް ހިނގި ކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާއިރު ރައީސް މުއިއްޒު ހުރިހާ ކަމެއްގައި ވެސް ގެންދަވަނީ ދޮގާ މަކަރު ހަދަމުން ކަމަށް ރައްޔިތުން މިއަދު ތުހުމަތު ކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved