March 13, 2026
Advertisement
ޖާހުގެ ފްލެޓްތައް:
ޖާހުގެ ފްލެޓްތައް: / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

ޖާހުގެ ފްލެޓްތައް ނިންމަން އެޗްޑީސީން އާރުސީސީއާ ހަވާލުކޮށްފި، އަގެއް ނުބުނެ!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 3, 2025, 06:52 PM
މާލެ ސިޓީ

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑަންސް" ގެ މަސައްކަތް ނިންމަން އެޗްޑީސީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.

Advertisement

ޖައުސާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޖާހުން 'ދަ ގާޑެންސް'ގެ ނަމުގައި 2017ގައި ތަރައްގީކުރަން ފެށި މަތީ ފަންތީގެ އެ ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ އެ މަޝްރޫއު ނިންމަން އާރުސީސީއާ ހަވާލުކުރިކަން މިއަދު އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ.

"ދަ ގާޑަންސް" ފްލެޓުތައް ނުނިމި ދިގުލައިގެން ގޮސް، މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދީ، އެންމެ ފަހުން އެ މަޝްރޫއު އެ ކުންފުނި އަތުން އަތުލަން ނިންމައި ތަން ހަވާލުކުރަން އެޗްޑީސީން ޖާހުއަށް އެންގީ މިދިޔަ 16 މާޗުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާރުސީސީއާ މި މަސައްކަތް ހަވާލުކުރީ 20 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެޗްޑީސީން ވަނީ މަސައްކަތް ހަވާލުކުރި އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލާގައި ޖާހު ކުންފުނިން ވަނީ ކޯޓަށް ގޮސްފަ އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމީ އެޗްޑީސީން އެ މަޝްރޫއު ހިންގާ ބިމާއި އިމާރާތް ހަވާލުވުން ހުއްޓުވުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި މަޝްރޫގައި ޖުމްލަ 83 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ ތެރޭގައި ދެ ކޮޓަރި އެޕާޓްމަންޓާއި 2+1 އަދި 2+2 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓާއި 3+1 އެޕާޓްމަންޓާއި 4+2 އަދި 5+1 އަދި 5+2 އެޕާޓްމަންޓް ހިމެނެ އެވެ.

ދަ ގާޑަން ވެބްސައިޓްގައިވާ ގޮތުން އެ ހުރިހާ އެޕާޓްމަންޓެއް ވަނީ ވިކިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved