މި ފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ލޯފަން ފަރާތެއް ކަމަށްވާ އައިންތު އިންޓަރވިއު ދެނީ / ސޯޝަލް މީޑިއާ
ހަބަރު
އައިންތު ދައްކައި ދިނީ ނުކުޅެދުންތެރިކަމަކީ އަޅުކަމަށް އޮތް ހުރަހެއް ނޫންކަން!
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖޫން 2025
ސައުދީ އަރަބިއްޔާ - މައްކާ

ގިނަ ފަހަރު އަޅުގަޑުމެންގެ މުޖުތަމައުގެ އާދަކާދަ ހުންނަ ގޮތަކީ ޚާއްސަ އެހީ ބޭނުންވާ ކުއްޖެ ނަމަ ނުވަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނަމަ އެއީ މުޖުތަމައުގައި ނުކުމެ އުޅޭވޭ މީހެއް ކަމަށް ހަބޫލުނުކުރެވުމެވެ. ނަމަވެސް އެ މީހުންގެވެސް ބޭނުން ރަގަޅު ގޮތުގައި ހިފާ މުޖުތަމައަށް ބޭނުން ތެރި ބަޔަކަށް ހެދޭނެކަން ދައްކުވައިދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެމަނިކުފާނުގެ ޒައާމަތުގައި ނުކުޅެދޭ ކުދިންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދީ އެކުދިންނަކީ ވެސް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެއްދެވިއެވެ. އޭގެ ތެރެއިން އެއް ފަރާތަކީ އައިމިނަތު އަލީއެވެ. އާންމު ނަމުން ނަމަ އައިންތުއަކީ ލޮލަށް ފެނުމުގެ ނަސީބުން މަހްރޫމުވެފައިވާ ފަރާތެކެވެ. އުފަންވިއިރުވެސް ފެނުމުގެ ނަސީބުން މަހްރޫމުވެފައިވާ އައިންތުއަކީ ނަމަވެސް ދިރިއުޅުމުގައި ހިތްވަރުގަދަ އަޒުމު ވަރުގަދަ އަންހެނެކެވެ.

އެންމެ ކުޑަ އިރުއްސުރެވެސް ބައްޕައާ މަންމަގެ އެހީއާ އެކު ބޭނުން ކަންކަން ކުރަމުން އައިސް ރައީސް ޔާމީންގެ ސަރުކާރުން ތަނަވަސްކޮށްދިން ފުރުސަތާ އެކު އައިންތު ވަނީ އެމްޑަބްލިއުއެސްސީގައި ވަޒީފާ އަދާކުރަން ފަށާފައެވެ. ތަނުގެ ފޯނު އަޮޕަރޭޓެއްގެ ވަޒީފާ އައިންތު އަދާކުރަމުން އަންނަނީ ހިތްހަމަ ޖެހުމާ ކެރުމާ އެކުއެވެ.

އެ ވަޒީފާގެ ތެރެއިން އައިންތުގެ އެންމެ މުހިއްމު މަގްސަދަކަށްވީ އަމިއްލަ މަސައްކަތުން ފައިސާ އެއްކޮށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ މާތް ބިމަށް ދިއުމުގެ މަތިވެރި މަގްސަދެވެ.

އައިންތުގެ އެ މަގްސަދު ފުރިހަމަވުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔަ ނަމަވެސް އޭނާ މިއަދު އެހުރީ އޭނާގެ އެ މަގްސަދު ޙާސިލުކޮށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެން މައްކާގެ ބިމުގައެވެ. އަލްހަމްދުﷲއެވެ. އައިންތުގެ ވީޑިއޯ މެސެޖެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.

އައިންތު ބުނި ގޮތުގައި ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން މިއަދު ލިބުނު އުފާވެރިކަން ބަޔާންކުރަން ވެސް އޭނާއަށް ދަރިކަމަށާ އެންމެ އުފާވަނީ އަމިއްލަ މަސައްކަތުން ފައިސާ ދައްކައިގެން ހައްޖުގެ މަތިވެރި އަޅުކަމަށް ދެވޭތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިންތުއަކީ ލޮލަށް ފެނުމުން މަހްރުމުވެފައިވާ މީހަކަށް ވުމުން ދަުތުރު ހަމަޖެހުމުގައި ގިނަ ދަތިތައް ވަނީ ދިމާވެފައެވެ. ނަމަވެސް އައިންތުގެ މައިންބަފައިންގެ ވެސް ބުރަ މަސައްކަތުން ދަތުރު ﷲގެ ވާގިފުޅާ އެކު ހަމަޖެހިގެން ދިޔައެވެ.

އައިންތުގެ މި ވާހަކަތަކުން ހާމަވަނީ ނުކުޅެދުންތެރިކަމަކީ ކަންކަމަކަށް އޮތް ހުރަހެއް ކަމަށް މީގެ ކުރިން ހީވެފައި އޮތްއޮތުމަކީ ބާތިލު ކަމެއް ކަމެވެ. ހިތްވަރާ އަޒުމާއެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނެކަން އައިންތުގެ މި މަސައްކަތުން މިވަނީ ހާމަވެފައެވެ. އަދި މިއީ އެހެން ފަރާތްތަކުން ބަލައިގަންނަން މުހިއްމު ނަމޫނާއެކެވެ.

ތޭރަ އޮންލައިންގެ ފަރާތުން އެދެނީ އައިންތުގެ ހައްޖު ދަތުރަކީ ލުއި ފަސޭހަ މަބްރޫރު ދަތުރަކަށް ވުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved