April 9, 2026
Advertisement
ޙައްޖުވެރިން
ޙައްޖުވެރިން / އިސްލާމިކް މިނިސްޓްރީ

ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

Hussain Nawaf
ހުސައިން ނަވާފް
Jun 13, 2025, 09:42 PM

ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.

Advertisement

އެގޮތުން މި ފްލައިޓުން 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ ސަޢޫދީ އެއަރލައިންގެ ފްލައިޓެއްގައެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.

މިއީ މަދީނާ މަގުން ސީދާ ރާއްޖެއައުމަށް ޙައްޖުވެރިން ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.

ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved