April 9, 2026
Advertisement
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ / ރައީސް އޮފިސް

ހައްޖުތެރޭގައި ސިޔާސީ ހަރަކާތްތައް ނުހިންގަން ސައުދީއިން އަންގައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 4, 2025, 09:42 PM
މާލެ ސިޓީ

ހައްޖުތެރޭގައި ސިޔާސީ ހަރަކާތެއް ނުހިންގަން ސައުދީ ސަރުކާރުން އަންގައިފިއެވެ.

Advertisement

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް އިންޓީރިއާ މިނިސްޓްރީއިން އެކްސްގައި ކުރައްވާފައިވާ ޕޯސްޓްއެއްގައި އަންގަފައި ވަނީ ފޮޓޯ ނެގުމާއި، ސިޔާސީ ނުވަތަ މަޒުހަބީ ދިދަ އުފުލުމާއި، މިފަދަ ކަންތައްތަކަކީ އެ މާތް ބިމުގައި ކަނޑައެޅިގެން މަނާ ކަމެއް ކަމުގައެވެ.

އެ މިނިސްޓްރީއިން މިފަދައިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްޖަށް ވަޑައިގެން ހުންނަވާ ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ގެންދާކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ވެސް ދާ ދަނޑިވަޅެއްގައެވެ.

ރައީސް މުއިއްޒު ވަނީ މައްކާގެ ބިމަށް އަޅުކަމަށް ގޮސް ތިބި ދިވެހިންނާއި ބައްދަލު ކުރައްވާ ބައްދަލުވުމުގެ ފޮޓޯތައް މިސް ޟީޑިޔާއަށް ދޫކުރައްވާ އެމަނިކުފާނަކީ އެންމެ އޯގާތެރި ރައީސްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތްކުރައްވާފައެވެ. އަދި އެމަނިކުފާނު ދަނީ އެމަނިކުފާނުގެ ހައްޖުގެ އަޅުކަމުގެ ހަރަކާތްތައް ފެންނާނޭހެން ފޮޓޯ އަދި ވީޑިޔޯތައް ވެސް މީޑީޔާގައި އާންމު ކުރަމުންނެވެ.

އެފަދަ މާތް ބިމެއްގައި ހުންނެވިއިރު ބޮޑާކަމާއި ދެއްކުންތެރި ކަމުން އެމަނިކުފާނު ވަނީ ރާއްޖެއިން މައްކާއަށް ހައްޖު ކުރުމަށް ގޮސްތިބި ހައްޖާޖީންތައް، އެމީހުންގެ އަޅުކަމުގެ ވަގުތު ނަގާލައި، އެމަނިކުފާނާ އެކު ބައްދަލުވުމުގައި ބައިވެރިވުމަށް މަޖްބުރުކުރުވާފައިކަމަށްވެސް އަޑުތައް ގަަވެފައިވެއެވެ.

ރައީސް މުއިއްޒު މައްކާގައި ބޭއްވި ކެމްޕެއިން ހަރަކާތަކީ މައްކާ ރޫޓު އިނީޝިއޭޓިވް އަކީ މުއިއްޒުގެ މަސައްކަތެއް ކަމަށް ދައްކައި އެކަމުގެ ކްރެޑިޓް ނެގުމަށްޓަކައި ބޭއްވި ހަރަކާތެކެވެ. އިންޑޮނޭޝިޔާ، ބަންގްލަދޭޝް، މެލޭޝިއާ، ޕާކިސްތާނު، ތުރުކީ، މޮރޮކޯވެސް މައްކާ ރޫޓުން ހައްޖަށް ދާއިރު އެ ޤައުމުގެ ވެރިން ރައީސް މުއިއްޒު މި އުޅޫއްވާހެނެއް ރައްޔިތުންނަށް ދޮގު ހަދައި، މިކަމުން ކްރެޑިޓް ނަގަން ނޫޅެއެވެ.

އެމަނިކުފާނުގެ މިފަދަ އަމަލުތަކަކީ މައްކާގެ މާތް ބިމުގެ ހުރުމަތް ކެނޑޭނެ ފަދަ އަމަލުތަކަށް ވީއިރު ރާއްޖޭގެ ރައީސްއަކަށް ވެހުރެ މިފަދަ ކަންކަން ކުރުން މީ ދިވެހިން އެކަމާއި މެދު ނުހަނު ކަންބޮޑުވާކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved