April 9, 2026
Advertisement
ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުފެށުން --
ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުފެށުން -- / އިސްލާމިކް މިނިސްޓްރީ

ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި: ހައްޖު ކޯޕަރޭޝަން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 5, 2025, 03:38 PM
މާލެ ސިޓީ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި ދިވެހި ހައްޖާޖީން އަރަފާތު ބިމަށް ޖަމާވެއްޖެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

Advertisement

ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ދިވެހި ހައްޖުވެރިން މައްކާއިން ގޮސް މިނާގައި ތިބުމަށް ފަހު އަރަފާތު ބިމަށް ދިޔައީ ރޭގަ އެވެ.

ހައްޖުގެ އަޅުކަމުގައި އެންމެ މުހިންމު ރުކުނަކީ މިއަދު އަރަފާތު ބިމުގައި ތިބުމެވެ. އަރަފާތު ބިމުގައި ވަގުތު ކޮޅެއްގެ ހޭދަ ނުކުރެވިއްޖެ ނަމަ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ.

މިއަދުގެ އިރުއޮއްސުމާއި ހަމައަށް އަރަފާތުގައި ހައްޖުވެރިން މަޑުކުރުމަށްފަހު ދެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއިން ނިކުންނާނީ ފަތިސްނަމާދު ކުރުމަށްފަހު އެވެ.

ހައްޖުވެރިން މިއަދު ހޭދަކުރާނީ ދުޢާކުރުމާއި އިސްތިއުފާރު ކުރުމާއި ޒިކުރު ކުރުމުގަ އެވެ. އެ ގޮތުން ހުޝޫއަތްތެރިކަމާ އެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަހުންނަށް ހެޔޮ ދުއާ ކުރާނެ އެވެ.

އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު ހައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ހައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގަ އެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved