April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އާސަންދައިން ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރަން އެބަޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 3, 2025, 09:36 PM
މާލެ ސިޓީ

ރައްޔިތުންނަށް ދިމާވެފައިވާ ބޭސްލިބުމުގެ ދަތިތަކުގެ މައްސަލަ ހައްލުކުރަން ޖެހޭކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އާސަންދައިގެ ބޭސް ސިޓީއެއް ވެއްޖިއްޔާ ގިނަ ބޭސްފިހާރަތަކުން އެއަށް ބޭސް ނުދޭ ކަމަށެވެ. މި މައްސަލަ އަކީ ސަރުކާރުން މިވަގުތު ބަލަން ޖެހިފައިވާ މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާސަންދައިގެ މާނައަކީ، ހަމައެކަނި އޭގެއިން ޑޮކްޓަރަށް ދެއްކުން އެކަނި ނޫން ކަމަށާއި އާސަންދައިގެ ދަށުން ލިޔެފައި ހުންނަ ބޭސް ސިޓީ ތަކަށް ބޭސް ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ އާސަންދައިގެ ބޭހައްވެސް އެކަނި، މިދަންނަވަނީ ޑޮކްޓަރުންނަށް ދެއްކުމާއި ސާޖަރީ އެޔެއް ނޫން! މިގަންނަ ބޭހައް އިނގޭތޯ މިހާރު ފާރމަސީތަކުން ބައެއްކަހަލަ ބޭސްތައް ނުވެސް ގެންނަނީ، އަނެއްބައި ފާރމަސީ ތަކުގަ ހުންނަ ބޭސްވެސް އާސަންދަ ސިޓީ ދެއްކީމަ ނުދެނީ!

ރައީސް ޔާމީން

ބޭސް ފިހާރަތަކުން އާސަންދަ ސިޓީއަށް ބޭސް ދޫނުކުރަނީ އާސަންދައިން އެތަން ތަނަށް ލާރި ނުދައްކާތީ ކަމުގައި ބެލެވޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރުން އެމްޕެނަލް ކުރި ހޮސްޕިޓަލްތަކުން ގިނަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް މިހާރު ވަނީ ހުއްޓާލައިފައެވެ.

އާސަންދައަށް ދިމާވެފައި މިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކޭޝް ފްލޯޓެއްގެ ގޮތުގައި ހަތަރު މިލިޔަން ހަރަދުކުރި ކަމުގައި ވިޔަސް ރައްޔިތުންނަށް ދިމާވެފައިވާ އާސަންދައިގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިތުރު މަޝްރޫއުތައް ފެއްޓެވުމުގެ ކުރިން ހިނގަމުންދާ ކަންތައްތައް ހައްލަކަަށް އެޅެވުން ބުއްދިވެރި ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved