

މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިރޭ މަޢްރިބް ނަމާދަށްފަހު މިނާއަށް ދިޔުމަށް ދަތުރު ފަށާނެ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.
މިނާގައި ހައްޖުވެރިން ތިބޭނީ އެކަމަށް ހާއްސަ ޓެންޓުތަކުގައި އެވެ.
ހައްޖު ކޯޕަރޭޝަނުން ހުރިހާ ހައްޖުވެރިންނަށް ވެސް މިނާގައި ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވި އެވެ.
ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެ އިން 1،000 ހައްޖުވެރިން ވަނީ ސައުދީއަށް ގޮސްފަ އެވެ.