March 20, 2026
Advertisement
މަޖިލިސް ތަޅުން
މަޖިލިސް ތަޅުން / -

މަޖިލީސް އީދު ޗުއްޓިއަށް!

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 4, 2025, 06:52 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިދިޔަ ހޯމަ ދުވަހު ފަށާފައި ވާއިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތައް ޖަލްސާ ނުބާއްވައި މެންބަރުން އީދު ޗުއްޓީއަށް ގޮސްފި އެވެ.

Advertisement

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވިގެން ދިޔައީ، ހޯމަދުވަހު އެވެ. އެ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް އިއުލާން ނުކުރައްވަ އެވެ.

މަޖިލީހުގެ ޖަލްސާއެއް އިއްޔެ އާއި މިއަދު ވެސް ބާއްވާފައި ނުވަނީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އީދު ޗުއްޓީއަށް ފަހުގައެވެ.

މިދިޔަ ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ ދުވަހު ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކޮށްފައިވެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ހަފްތާއަކު ތިން ދުވަހު ނުބާއްވާކަން ފާހަގަކުރެވިފައި ވެއެވެ.ގަވާއިދު ބުނާ ގޮތުންނަމަ ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އެގޮތުން މަޖިލިސް ޖަލްސާތައް ބާއްވަމުންދަނީ ހޯމަ، އަންގާރަ އަދި ބުދަ މި ތިން ދުވަހު އެވެ.

މަޖިލީސް ގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވާއިރު އެއް ބަޔަކު ބުތުހުމަތު ކުރަމުން ދަނީ، ސަރުކާރުން މަޖިލިސް ކޮންޓްރޯލްކޮށް، މިހާރު މަޖިލިސް ބާއްވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved