ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުފެށުން -- / އިސްލާމިކް މިނިސްޓްރީ
ހަބަރު
ނިކަމެތި އެތައް ރައްޔިތުން ކިއުގައި ތިއްބާ ޝަކީލްގެ މަންމަ އާއި ބައްޕަވެސް ހައްޖަށް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
05 ޖޫން 2025
މާލެ ސިޓީ

ނިކަމެތި އެތައް ރައްޔިތުން އެތައް އަހަރެއް ވަންދެން ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބި ކިއުގައި ތިއްބާ, ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މަންމައާއި ބައްޕަވެސް ވަނީ ކިއުގައި ނުޖެހި, ވަނީ ހައްޖައް ގޮސްފަ އެވެ.

ހަމައެޔާއިއެކު އެހީތެރިއެއްގެ ނަމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮވެސް މިއަހަރު ހިލޭ ހައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ މައްކާއަށް ގޮސްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި, ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮ ހައްޖަށް ގޮސްފައިވަނީ ހައްޖަށް ދިޔަ މީހުންގެ އެހީތެރިއެއްގެ ގޮތުގަ އެވެ.

މީގެ ކުރީގެ އަހަރުތަކުގައި ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ހައްޖަށް ދާ ފަރާތްތައް ހޮވަނީ ވަކި ތަރުތީބަކުން, އެކަމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިމެނިގެން ނުދާ އުސޫލުތަކަށް އިސްކަން ދީގެންނެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ކޮއްކޮ އެހީތެރިއެއްގެ ގޮތުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދިޔައީ, މިކަމުގެ ތެރެއަށް ސީދާ ޝަކީލް އަތް ބާނައިގެންކަމަށް އެނގިފައިވެ އެވެ. މިކަން ހިގައިފައި ވަނީ އެފުރުސަތަށް އެދި އެދި އެތައް ބަޔަކު ތިއްބައެވެ.

ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މަންމައާއި ބައްޕަ މިއަހަރު ޙައްޖަށް ގޮސްފައިވަނީ މޯލްޑިވިއަންގެ ބިޒްނަސް ކުލާހުގައެވެ. އަދި ޝަކީލްގެ މަންމައާއި ބައްޕަ މައްކާގައި ހުންނަން 26,000 ރުފިޔާގެ އަގުބޮޑު ކޮޓަރިއެއް ވަނީ ހަމަޖައްސާފައެވެ.

އަދި ހައްޖުގެ އަޅުކަން އަދާކުރަމުންދަނީ އެހެން ހައްޖުވެރިންނާއި ޚިލާފަށް, ވީއައިޕީ ފެންވަރުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ

ހައްޖުގެ އަޅުކަމަކީ, އިސްލާމް ދީނުގެ އެންމެ މާތް އެއް އަޅުކަމަށް ވާއިރު, މިމަތިވެރި އަޅުކަން ވީއައިޕީ ފެންވަރުގައި އަދާކުރުމަކީ އެދެވިގެން ވާ ކަމެއް ކަމުގައި ނުބެލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved