

އެމްޓީސީސީ އިން އީދު ދުވަހު ބަސް އަދި ފެރީގެ ހިދުމަތްތައް ފަށާނެ ގަޑިތައް އާންމުކޮށްފިއެވެ.
މިކަން ހިއްސާ ކޮށްފައި ވަނި އެކުގައި އެކުންފުނިން ކުރެއްވި ޕޯސްޓް އެއްގައެވެ.
ޕޯސްޓް ގައި ބުނެފައި ވަނީ އީދު ދުވަހު ވިލިމާލެ ބަސް ހިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 އަށް މެދުކަނޑާލާނެ ކަމަށާއި އަދި ގްރޭޓާ މާލެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ.
އެހެން ނަމަވެސް އީދު ނަމާދުގެ ކުރިން މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދޭކުން އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މީގެއިތުރުން އަތޮޅުތެރެއަށް ފޯރުކޮށްދެމުން ގެންދާ ސީއެފްއެން ލަކުޑު ފެރީ އާއި އާރްޓީއޭލް ފެރީ ދަތުރުތައް އީދު ދުވަހާއި ގުޅިގެން އެ ކުންފުނިން ޝެޑިއުލް ކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.
އެމްޓީސީސީން ބުނެފައިވާ މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅުމަށެވެ.