

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި އެވެ.
ކަނޑުމަގުން ރާއްޖެ އަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 10 ބިދޭސީއަކު ހައްޔަރުކޮއްފައި ވާއިރު، އޭގެތެރެއިން, ޝަރުތުކުރުމަށްފަހު ދެމީހަކު, ވަނީ ކްރިމިނަލް ކޯޓުން މިިދިޔަ ބުދަ ދުވަހު ދޫކޮށްލާފަ އެވެ.
ދޫކޮށްލާފައި ވަނީ 25 އަހަރުގެ އެޑްރިއަންސްޔާ އާއި 30 އަހަރުގެ މުހައްމަދު އިކްބަލް މަކްމުރެވެ. މިދެމީހުނަކީވެސް އިންޑޮނޭޝިއާއަށް ނިސްބަތްވާ ދެމީހުންނެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދު އިކްބަލްއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނަގެ މުއްދަތު ޖެހުމަށް ގެނައި 6 ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނައާ ސީދާ ތުހުމަތު ކުރެވޭނެ ހެއްކެއް ފުލުހުންނަށް ހުށަހަޅައި ދެވިފައި ނުވާތީކަމަށް އަމުރުގައި ވެއެވެ.
އެޑްރިއަންސްޔާ އަށް ވެސް މި މައްސަލަައި ގައި ކޮއްފައި ވާ ތުހުމަތު ސާބިތުކޮށް ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް އޭނާ ބަންދުން ދޫކޮށްލި އަމުރުގައިވެއެވެ. އޭނާ އަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރެވެ.
75 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު މި ދެމީހުން ބަންދުން ދޫކޮށްފައި ވެއެވެ.