March 20, 2026
Advertisement
މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.-
މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.- / ރައީސް އޮފިސް

ޖުލައި މަހު ފަށާނެ ކަމަށް ބުނި ޓެކްސީ ލައިންގެ ޚިދުމަތް އޮގަސްޓު މަހަށް ބަދަލުވެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 9, 2025, 07:29 PM
މާލެ ސިޓީ

ޑްރައިވަރުންނާއި ދެކޮޅަށް މި ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަސް ތެރޭގައި ފަށާނެ ކަމަށް ބުނެފައި ވީނަމަވެސް މިހާރު އެހިދުމަތް ފެށުން އޮގަސްޓަށް ލަސްކޮށްފި އެވެ.

Advertisement

މިއަހަރުގެ ފެބްރުވަރީ މަހު، ސަރުކާރުން މި ހިދުމަތް ދިނުމަށް ހަވާލު ކޮށްފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެވެ. އަދި ހަމައެހެންމެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައި އޮތީ، އަންނަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށެވެ.

އެހެން ނަމަވެސް، މިހާރު މައުލޫމާތު ލިބިފައި ވާގޮތުން ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ނުފެށޭނެ ކަމަށާއި އޮގަސްޓު މަހުގެ ކުރީ ކޮޅަށް ލަސްވެފައިވާ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އަމީން އެހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އަދި ހަމައެޔާއި އެކު ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެޔާއި އެކު އެ ބޭފުޅާ ވިދާޅުވީ އެއީ ފިހާރައްކަށް ވަދެ ހަމަހުރެފަ ގަންނަން ލިބޭ ކަހަލަ ތަކެއްޗެއް ނޫން ކަމަށެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ، ޓެކްސީ ލައިންއެއް ތައާރަފު ކުރުން ވެފައި ވަނީ، ޓެކްސީ ޑްރައިވަރުނަށް އޭގެސަބަބުން ވަރަށް ބޮޑެތި އަސަރު ތަކެއް ކުރާނެ ކަމެއް ކަމުގައި ގިނަ ޓެކްސީ ޑްރައިވަރުން ބުނަމުންދެއެވެ. ޑްރައިވަރުން ބުނާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ޓެކްސީ ވިޔަފާރިވެރިންގެ ވިޔަފާރި ފުނޑާލުމަށެވެ. އަދި މިކަމާއި މެދު ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ވެސް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved