

ހުޅުމާލޭގައި އެމްޓީސީސީ ބަސްތައް ޕާކުކުރަމުން އައި ޕާކިން ޒޯން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަތުލީ ކަމަށް ބުނެ، ބަސްތައް މަގުމަތީ ޕާކުކުރަން ފަށައިިފިއެވެ.
މިހާތަނަށް ހުޅުމާލޭގައި އެމްޓީސީސީގެ ބަސް ދަތުރު ތަކަށް ބޭނުން ކުރާ ބަސްތައް ޕާކު ކުރާ އެއް ތަނަކީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލާއި ރަށު މާރުކޭޓާ ދެމެދު އޮންނަ ހުސް ބިން ނުވަތަ ޕާކިން ޒޯނެެވެ.
މީގެ ކުރިން އެތަނަކީ ސައިކަލު ޕާކު ކުރުމަށް ޚާއްސަ ޕާކިން ޒޯނަކަށް ވިޔަސް، ބަސް ދަތުރުތައް ފެށި ފަހުން އެ ތަން ބޭނުންކުރަނީ ބަސް ޕާކިންއަށް ޚާއްސަ ތަނެއްގެ ގޮތުގައެވެ. ނަމަވެސް އެ ޕާކިން ހުސްކޮށް މަގުމަތީ ބަސްތައް ޕާކުކުރާތާ ދެތިން ހަފުތާ ވެފައިވާމަމުގައި މައުލޫމާތު ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައި ވާގޮތުގައި އެޗްޑީސީން އެ ބިން ހުސްކުރަން އެމްޓީސީސީ އަށް އަންގައިފައި ވަނީ މިހާރު އެއީ ބޯޓް އެސޯސިއޭޝަނަށް ދީފައިވާ ބިމެއް ކަމަށް ބުނެފައެވެ. އަދި މިޔާއެހު އެމްޓީސީސީ ބަސްތައް ޕާކުކުރުމަށް އެޗްޑީސީން އަދި, އިތުރު ޕާކިން ޖާގައެއް ވެސް ދައްކައިފައިނުވާ ކަމުގެ މައުލޫމާތުވެސް ލިބިފައި ވެ އެވެ.
ޕާކިންގެ މައްސަލަ އަކީ މިހާރުވެސް ހުޅުމާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ހުޅުމާލޭގެ މައި މަގުތަކުގެ ދެ ފަރާތުގައި އެއް ލޭން އެއްކޮށް ގެއްލިފައި އޮންނަނީ ކާރާއި ޕިކަޕާއި ސައިކަލު ފަދަ އުޅަނދު ޕާކުކޮށްފައި ހުންނާތީ އެވެ.
ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވެފައިވެ، މިމަގުތަކުގައި ދުއްވާ ފަރާތްތަކަށް ރައްކާތެރި ކަން ކަށަވަރު ނުވާއިރު އެ ކަންކަން ހައްލުކުރުމަށް ޓަކައި އެކަށީގެންވާ މަސައްކަތްތައް ނުކުރުން މީ އާންމުން ގެ ވަރަށްބޮޑު ކަންބޮޑު ވުމަކަށް ވެފައިވާ މައްސަަލައެކެވެ.