

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެ އާއިލާއަށް ތަޢުޒިޔާާ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ތައުޒިޔާގެ މެސެޖުގައި ވިދާާޅުވީ ޕީޕީއެމް / ޕީއެންސީގެ ތެރޭގައާ އަަދި ސިޔާސީ މައިދާނުގެ އިތުރުން ރަައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ގައުމަށްކޮށްދެއްވި ޚިދުމަތް ފާހަގަކުެއްވިއެވެ. އަދިމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.
މީގެ އިތުރުން މި ހިތާމަވެރި ވަގުތުގައި ރަޝީދުގެ ޢާއިލާއަށް އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ވަނީ ތައުޒިޔާ އަރިސްކުރައްވާފައެވެ.
ރަަޝީދު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާކުރާތާ ގިނަ ދުވަސްތަކަކަށްފަހު މިއަދު އައިޖީއެމްއެޗްގައެވެ.
ނިޔާވިއިރު ރަޝީދަކީ ސަރުކާރު ހިންގާ ޕީއެންސީގެ އިސްފުގައި ހަރަކާތްތެރިވަމުން ގެންދެވި ފަރާތެކެވެ.
އެގޮތުން ޕީޕީއެމް/ ޕީއެންސީ އޮތް ދުވަސްވަރު އެތެރޭގެ އިންތިހާބުތައް ރާވާ ހިންގުމުގައި ރަޝީދު ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ރަޝީދަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ރައީސް ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.