

ސަހްޔޫނީން ހިފާފައިވާ ހުޅަނގު އައްސޭރި ހުރަސްކޮށް ދަންވަރު ރޭޑްތަކެއް ހިންގައި މަދުވެގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.
ޓޫބާސް ސިޓީ ކައިރީގައި އޮންނަ ތަމްމޫން ޓައުންގައި ސްޕެޝަލް ފޯސްތަކުން ބަޑިޖަހައި މީހަކު ޝަހީދުކޮށްލި އިރު ސިއްހީ ހިދުމަތްތެރިންނަށް އޭނާގެ ހަށިގަނޑަށް ކައިރިއަށް ދެވޭ ގޮތް ނުވި ކަމަށް ވަފާ އިން ރިޕޯޓްކޮށްފައިވެއެވެ.
އެތައް ގަޑިއިރެއް ވަންދެން ހިންގި އަރައިގަތުމުގެ ތެރޭގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ބެތެލްހެމްގެ ހުޅަނގު އުތުރުގައި އޮންނަ އަލްވަލާޖާ އަވަށުގައި އުމުރުން 13 އަހަރާއި 15 އަހަރުގެ ދެބެއިން ސަހްޔޫނީން ހައްޔަރު ކުރިކަމަށް އަލްޖަޒީރާއިންވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެ އިތުރުން ރަމަﷲ ކައިރީގައިވާ ސަރަހައްދުތަކުން ތިން ޒުވާނަކު ހައްޔަރު ކުރި ކަމާއި ނަބްލޫސްގެ އިރުމަތީގައި އޮންނަ ރުޖެއިބް ޓައުންގެ އިތުރު މީހަކުގެ އިތުރން ހީބްރޮންގައި ތިބި ބައްޕައަކާއި ދަރިއެއް ހައްޔަރު ކުރިކަމަށް އަލްޖަޒީރާއިންވަނީ ރިޕޯޓުކޮށްފަ އެވެ.