April 26, 2026
Advertisement
މަލީހު ޖަމާލު
މަލީހު ޖަމާލު / ތޭރަ އޮންލައިން

މުޅި ހަށިގަނޑު ޖުޑީޝަރީ ތެރެއަށް ބޭނި ނަމަވެސް ރައީސް މުއިއްޒު ރައީސް އޮފީހުން ބޭރު ކުރާނެ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jun 11, 2025, 11:28 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މުޅި ހަށިގަނޑު ޖުޑީޝަރީ ތެރެއަށް ބޭނި ނަމަވެސް ވަގުތު ޖެހުމުން އެމަނިކުފާނު ރައީސް އޮފީހުން ބޭރު ކުރާނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ފަނޑިޔާރު މުޙައްމަދު ސަލީމާއި ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރުމާއި ގުޅިގެން އެކްސްގައި ނުރުހުން ފާާޅުކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން އެއީ ހަޑި ހުތުރު މަންޒަރެއްގެ ގޮތުގައި މަލީހުވަނީ ސިފަ ކުރައްވާފަ އެވެ.

ރައީސް މުއިއްޒަކީ ގައުމެއް ހެޔޮ ނޭދޭ މުޅި ގައުމުގައިވާ ނިޒާމުތައް ސުންނާފަތި ކޮށްލަން އުޅުއްވާ ބެފުޅެއްގެ ގޮތުގައިވެސް މަލީހު ސިފަ ކުރެއްވި އެވެ.

އަދި އެމަނިކުފާނުގެ މުޅި ހަށިގަނޑު ޖުޑީޝަރީ ތެރެއަށް ބޭނި ނަމަވެސް ވަގުތު ޖެހުމުން ރައީސް މުއިއްޒު ރައީސް އޮފީހުން ބޭރު ކުރާނެކަމަށް މަލީހު ވިދާޅުވި އެވެ.

އެގޮތުން ބާކީ އޮތީ ދެން 3 އަހަރުކަމަށް މަލީހު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved