March 18, 2026
Advertisement
ރާއްެއަށް ކަޑައެޅުއްވި ފަލަސްތީނުގެ އާ ސަފީރު
ރާއްެއަށް ކަޑައެޅުއްވި ފަލަސްތީނުގެ އާ ސަފީރު / ރައީސް އޮފިސް

ފަލަސްޠީނުން ދިވެހިރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 12, 2025, 06:57 PM
މާލެ ސިޓީ

ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުޙައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

Advertisement

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ފަލަސްތީންގެ އައު ސަފީރު، ރައީސަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސް ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ސަފީރު ވަނީ، ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަ ކުރައްވައި، އެކަމުގެ އަގުވަޒަން ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާދިއުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved