ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. / ތޭރަ އޮންލައިން
ހަބަރު
ދިވެހިރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެ އަނަރޫފަވެފައި: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
12 ޖޫން 2025

ދިވެހިރާއްޖޭގެ އިގުތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެ އަނަރޫފަވެފައިކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ ފައިސާ ބޭނުން ކުރާ އިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށާއި ރައްޔިތުންގެ ހާޖަތުތައް ސަރުކާރަށް އެނގެން ޖެހޭކަމަށެވެ. އަދި މިއަދު ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައިކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އިގްތިސާދު އޮތީ ހީނަރުވެ އަނަރޫފަވެފައިކަމަށް ރައީސް ޔާމީން ފާހަގަކޮށް އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމަށް ކުރިމަތި ލާން ޖެހޭނީ އާންމު ރައްޔިތުންކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރު ފިހާރަތައް ބަންދު ކުރަނީ. އެތައް ބައިވަރު ކުންފުނިތަކެއް ހުއްޓިގެން އެ ދަނީ، ވިޔަފާރި ކުރެވޭނެ ގޮތެއް ނެތީމަ. ޑޮލަރު ގާތްގަޑަކަށް 20 ރުފިޔާ އާއި ހަމައަށް އެ ޖެހިގެން އެ ދަނީ. ވިޔަފާރިވެރިންނަކަށް ބޭންކްތަކުން ޓީޓީ ހަދާާކަށް ފަސޭހައެއް ނޫން. އެމްއެމްއޭއަށް ހުރިހާ ފައިސާއެއް މި ގެނައީ. އެމްއެމްއޭއިން ފައިސާ ބޭނުން ކުރަނީ ލޯނު އަދާ ކުރުމަށް.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ގައުމު ބަނގުރޫޓު ނުވާކަމަށް ވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް ފޮޗުންވެސް ކްރެޑިޓު ރޭޓިން މަތިނުކޮށް ދެމެހެއްޓުމުންވެސް އިގްތިސޯދު އޮތް ހާލަތު އެނގޭ ކަމަށެވެ. އަދި ރާއްޖެ މިއޮތީ އިކޮނޮމީގައި ބޭންކުރަޕްޓު މާނަކުރާ ގޮތުން ނަމަ ބޭންކުރަޕްޓު ވެފައި ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved