May 26, 2026
Advertisement
ރައީސް ޔާމީނަށް ޔޫތު ސިޓީއިން ހޫނު މަރުހަބާއެއް
ރައީސް ޔާމީނަށް ޔޫތު ސިޓީއިން ހޫނު މަރުހަބާއެއް / ތޭރަ އޮންލައިން

ހުޅުމާލެ ޔޫތު ސިޓީއިން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

Jun 14, 2025, 04:14 AM
ހުޅުމާލެ ޔޫތް ސިޓީ

ހުޅުމާލެ ޔޫތު ސިޓީއިން ރައީސް އަބްދުﷲ ޔާމީނަަށް ހޫނު މަރުހަަބާ އެއް ދަންނަވައިފިއެވެ.

Advertisement

އެމަނިކުފާނު މިރޭ ޔޫތު ސިޓީއަަށް ވަޑައިގެންނެވީ ހުޅުމާލެ ދިރިއުޅޭ ރައްޔިތުން އިންތިޒާމްކޮށްގެން ހުޅުމާލެ ޔޫތު ސިޓީގައި ބޭއްވި ބާބަކިއު ފަރިއްކޮޅަށް ދެއްވި ދައުވަތު ގަބޫލުކުރައްވާއެވެ.

ރައީސް ޔާމީންއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްެ ޒުވާނުން ވެސް ނުކުމެ ތިއްބެވެ.

ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަނީ
ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަނީ

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ރައްޔިތުން ދެންނެެވި ހޫނު މަރުހަބާއަަށް ޝުކުރުދަންނަވާފައެެވެ.

މިއީ ރައީސް ޔާމީން ނުހައްގު ޖަލު ހުކުމުން މިނިވަން ވެވަޑައިގެންނެވި ފަހުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން މިފަދަ ގޮތަކަށް ބައްދަަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޔޫތު ސިޓީ ގައި 7000 ހައުސިން ޔުނިޓު އަޅުއްވާ ދެއްވާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ކުރިމަތިވެފައި އޮތް މައްސަލައަަށް ހައްލު ހޯއްދަވާ ދެއްވީ ރައީސް ޔާމީނެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved