theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިޒްރޭލުގެ ތެލް އަވީވްއަށް އިރާންގެ މިސައިލުތައް އަމާޒުވާ މަންޒަރު ފެންނަ ފޮޓޯއެއް -- / އަލްޖަޒީރާ
ދުނިޔެ
ސަހްޔޫނީންގެ ސިޔާސީ ވެރިން ރޭން ފެށިގެން ބިންގަރާސްތަކުގައި!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 ޖޫން 2025
މާލެ ސިޓީ

އީރާނާ ދެކޮޅަށް ސަހްޔޫނީން ދިންހަމަލާތަކުގެ ބަދަލުގައި އެ ގައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތަކެއް ދީފި އެވެ.މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ.

ސަހްޔޫނީންގެ އާންމުންނާއި ލީޑަރުން ރޭން ފެށިގެން އަދި ވެސް ތިބީ އީރާނުން ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށް ބަންކަރުތަކާއި ބިންގަރާސްތަކަށް ވަދެ ފިލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިއީ މުއްދަތު ދިގުވެއްޖެނަމަ ބޮޑުވޭނަކަށް ވާނެ ކަމެކެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތައް ހާސް ބަންކަރަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސަހްޔޫނީންގެ އެއްވެސް ސަރަހައްދެއް ރައްކާތެރިއެއް ނުވާނެ. އަހަރުމެންގެ ބަދަލު ހިފުން ވޭންދެނިވާނެ،

- އީރާން

ރޮއިޓާސް އާއި ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަހްޔޫނީންގެ ވެރިރަށް ގޮތުުގައި ބަލާ ގުދުސްއަށާއި ސަހްޔޫނީންގެ އެންމެ ފުރަތަމަ ވެރިކަން ކުރި ތެލް އަވީވް އަށް ވެސް އިރާނުގެ މިސައިލްތައް ދަނީ އަމާޒުވަމުންނެވެ. މިހާރު އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ވެސް އެ މަންޒަރުތައް ފެނެ އެވެ.

އީރާނުން ދިން މިސައިލު ހަމަލާގައި ޔަހޫދީންގެ 50 މީހުންނަށް ވަނީ ޒަޚަމްވެފަ އެވެ. އެ ހަމަލާގައި ސަހްޔޫނީންގެ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ސަހްޔޫނީން ވަނީ އީރާނުން ދިން މިސައިލު ހަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ސަހްޔޫނީންނަށް އީރާނުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

އީރާންގެ އިތުރު ހަމަލާތަކެއް އަނެއްކާވެސް އައިސްދާނެ ކަމަށް ބެލެވޭތީ، ސަހްޔޫނީންގެ އެކި ސަރަހައްދުތަކުގައި އާންމުން ބޭރަށް ނުނިކުތުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved