February 22, 2026
Advertisement
ރައީސް މުއިއްޒު ހިމެނޭ ހެން ސަރުކާރުގެ އިސްވެރިން
ރައީސް މުއިއްޒު ހިމެނޭ ހެން ސަރުކާރުގެ އިސްވެރިން / ފޭސްބުކް

ޓޫރިޒަމް ވިޔަފާރިން ސަރުކާރަށް ލިބޭ ޑޮލަރު ކަޅު ބާޒާރުގައި މުއިއްޒުގެ ބޮޑުން ވިއްކަނީތަ؟

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 14, 2025, 06:03 PM
މާލެ ސިޓީ

ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެއް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20ރ. އަށް އުފުލިއްޖެ އެވެ.

Advertisement

ނަމަވެސް ދައުލަތަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ 35 ޕަސެންޓް ވަނީ އިތުރުވެފައި އެވެ. ނަމަވެސް ވިޔަފާރިވެރިންނަށް ޑޮލަރެއް ބާޒާރުގައި ލިބޭ ކަށް ނުހުރެ އެވެ. ބޭހަށް ރާއްޖޭން ބޭރަށް ދާ މީހަކުވެސް ޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް 655 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 484 މިލިއަން ޑޮލަރުގަ އެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. އަދި މިފަހުން ސަރުކާރުން ގާނޫނަށް ބަދަލުގެނެސް ޓޫރިޒަމް ވިޔަފާރިތަކުން ވެސް ދައުލަތަށް މިހާރު ޑޮލަރު ނަގައެވެ. ނަމަވެސް ޑޮލަރު އަގެއް ތިރި އެއް ނުވެ އެވެ. ޑޮލަރު މާރުކުރަން މަޖުބޫރިކުރި ފަހުން ޑޮލަރު އަގު ދުވަހެއް ދުވަހަށް ދަނީ މަތިވަމުންނެވެ. ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ ނަމަވެސް ބާޒާރުގައި ޑޮލަރު ލިބެން ހުރީ ޑޮލަރެއް ވިހި ރިފިޔާ އަށެވެ. މި އަގުގައި ކިތަންމެ ބައިވަރެއް ވެސް ޑޮލަރު ލިބެ އެވެ.

ކަޅު ބާޒާރޭ ނުވަތަ ޕެރަލަލް މާކެޓޭ ކިޔަސް ހަގީގަތުގައި ޑޮލަރުގެ އަސްލު އަގު އެނގޭ ބާޒާރަކީ އެއީ އެވެ. މިބާޒާރުން ޑޮލަރު ލިބޭ އަގުން ފެންނަނީ ތަކެތޭގެ އަގު އުފުލި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދޯހަޅި ކަމެވެ.

20 ރިފިޔާ އަށް އެއް މިލިއަން ޑޮލަރު ވެސް ކަޅު ބާޒާރުގައި ލިބެން އެބަހުއްޓެވެ. މި ވަނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާ ޓޫރިޒަމް ވިޔަފާރިން ސަރުކާރަށް ލިބޭ ޑޮލަރު ކަޅު ބާޒާރުގައި މުއިއްޒުގެ ސިޔާސީ އެކުވެރިން - ބޮޑުން ވިއްކަނީ ހެއްޔެވެ؟

މި ކަމަށް ސަރުކާރުން ޖަވާބެއް ނުދެ އެވެ. ގުޅުމުން ފޯނެއް ނުނަގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved