March 18, 2026
Advertisement
ރައުދު އަހުމަދު ޒިލާލް
ރައުދު އަހުމަދު ޒިލާލް / ޕޮލިސް

ރައުދު ފުރުން މަނާ ކުރާ އަމުރު އަދިވެސް ދެމި އެބައޮތް: ފުލުހުން

Hussain Nawaf
ހުސައިން ނަވާފް
Jun 14, 2025, 08:07 PM

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރު ކުރި ރައުދު އަޙްމަދު ޒިލާލް ފުރުން މަނާ ކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

Advertisement

މި މައްސަލައިގައި ރައުދުއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 10 ޖޫން 2025 ގައެވެ.

ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

ރައުދުގެ މައްޗަށް އަންނަނީ 1 މަހާއި 6 ދުވަހަށް ޖަލު ހުކުމެކެވެ.

ފުލުހުން މިފަދައިން ހާމަކޮށްފައިވަނީ ރައުދު ފުރިކަމަށް ޝޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުމާއި ގުޅިގެންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، ރައުދު ފުރުން މަނާ ކުރުމުގެ އަމުރު އަދިވެސް އެބައޮތް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުންވަނީ ހާމަކޮށްފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އޭޕްރިލް 26 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއްވެސް ވަނީ އުފައްދައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved