
ދޮގު އިތުރަށް ނުވިއްކޭނެކަން ސާފުވެއްޖެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިއަދު ރައްޔިތުން ރައީސް ޑރ މުހައްމަދު މުއިއްޒު ދެކެ އަންނަނީ އަލިފާން ފަދަ ރުޅިއެއްކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.
އެގޮތުން މުޅި ގައުމު ބަނގުރޫޓު ވެއްޖެކަމާއި އަދުލު އިންސާފުގެ ނިޒާމު ރައީސް މުއިއްޒުގެ ދައުރުގައި ކަފުންކޮށްފިކަމަށާއި މަޖިލީސް ކުރާ ގެ މިއަދު އޮތީ ހިސޯރުކޮށްފައިކަމަށް މަލީހުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ވައްކަން އާންމުވެއްޖެކަމާއި މިނިވަންކަން ހަނި ކުރިކަމަށް ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެހެންކަމުން ދޮގު އިތުރަށް ދެން ނުވިއްކޭނެކަމަށް މަލީހު ވިދާޅުވިއެވެ.










