April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފްލެޓް ބިނާ ކޮށްފަ ހުރީ ރައްޔިތުންގެ ފައިސާއިން: ރައިސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 05:23 PM
މާލެ ސިޓީ

ފްލެޓްތަކަށް ކުލި ނުދައްކާ ފަރާއްތަކަށް ނޯޓިސް އެއް ފޮނުވުމަށް ނިންމާފައިވާ މައްސަލަޔާއި ގުޅިގެން ރައިސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެއްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ފްލެޓް ބިނާ ކޮއްފަ ހުރީ ރައްޔިތުންގެ ފައިސާއިން ކަމުގައެވެ. އެހެން ކަމުން އެރައްޔިތުންނަށް ނޯޓިސް ދީ، އެފަދަ ގޮތަކަށް އެކަންތައް ކޮއްގެން ނުވާނެ ކަމުގައެވެ.

ހުޅުމާލެއަކީ މާލޭގައި މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން ތަރައްގީކޮއްފައި ވާ ބިމަކަށްވާއިރު، ފޭސް 2 އެއީ ހަމަ އެމަގުސަދުގައި ހިއްކާފައިވާ ބިމެއް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް އެތަނުން ގޯތި ބަހާ މިއަދު އެތަން ބައިބައި ކޮއްފި ކަމުގައި އެމަނިކުފާނު ވިދާޅިުވިއެވެ.

މިއަދުން ފެށިގެން ކަންނޭގެ ނުކުމެގެން މިއުޅެނީ، ފްލެޓްތަކުގެ ކުލި ނުދައްކާ މީހުން އެވިކްޓް ކުރަން ނޯޓިސް ސާވް ކުރަނީ، އިނގޭތޯ މީކުރެވޭނެ ކަމެއް ނޫން ! ދިވެހި ރައްޔިތުނބް އެތާ އެތިބީ އެތަން ބިނާކޮއްފަ އެތިބީ ރައްޔިތުންގެ ފައިސާއިން މިހެން ވާން މިޖެހުނީ ކީއްވެގެން ތޯ؟ މިހެން ވާން މިޖެހެނު ސަބަބަކީ ދެންމެ ހަމަ ޑރ ޖަމީލް އެ ވިދާޅުވި ގޮތައް ސިޔާސީ ބޭނުމުގަ އިބްރާހިމް މުހަންމަދު ސޯލިހު މިކަމުގަ އެންމެ އިސްކޮށް ގޯސް ހެދީ އޭގެ ކުރިން މުހަންމަދު ނަޝީދުވެސް މިސަކަރާތް ޖެއްސެވި ހަމަފްލެޓް ތައް އެމްޑީޕީ މީހުންނަށް ދެއްވި!

ރަޢީސް ޔާމީން

މިއަދު ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ވީއިރު މިފަދަ މައްސަލައިގައި ވަކި އަތަކަށް ނުޖެހި، ވަކި ޕާޓީއެއް ނުނަތަ ވެރިކަން ކުރަނީ ކޮން ޕާޓިއަކުންތޯ ނުވަތަ އެ ޕާޓި އަށް ތާއީދު ކުރޭތޯ ނުބަލައި، ބޯހިޔާވަހި ކަމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހައްގެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކަކީ ހަމައެކަނި ޕާޓީގެ ފިކުރައް ބަލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެފަތަ މައްސަލަ ތަކަކީ އެންމެ ހައްޤުވެރި ފަރާތައް އިންސާފުވެރި ކަމާއި އެކު ލިބެން ޖެހޭ ކަމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved