April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހި ރާއްްޖޭގެ ދޮރުގައި ޓަކި ޖަހަން ޖެހޭ ސަބަބެއް ނޭނގި އިންވެސްޓަރުންނެއް ނާންނާނެ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 04:10 AM
މާލެ ސިޓީ

ދިވެހިރާއްްޖޭގެ ދޮރުގައި ޓަކި ޖަހަން ޖެހޭ ސަބަބެއް ނޭނގި އިންވެސްޓަރުން ރާއްޖެ ނާންނާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންވެސްޓަރުން ރާއްޖެ އަންނަނަމަ އެބޭފުޅުން އަންނާނީ ވަރައް ގިނަ ކަންތައްތައް ބަލައި ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

އިންވެސްޓަރުން ރާއްޖެ އިންވެސްޓު ކުރާނެ ވަރަށް ވުރެ ރާއްޖޭގެ އިގްތިސާދު އޮތީ މާބޮޑަށް އަނަރޫފަ ވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައި އޮތް އެއް ކަމަކީ ފިޗްގެ ރޭޓިން މަތި ކޮއްލުން ކަމަށާއި އެނޫން އެހެން ގޮތަކަށް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިދަންނަވަނީ ތީގައި އެންމެ ފުރަތަމަ ކުރައްވާ ކަމަކަށް ފިޗްގެ ރޭޓިން މަތިކޮށްލަ ދޭށޭ! ފިޗްގެ ރޭޓިން މަތިކޮށްލުމަށް ޓަކައި އެބަޖެހޭ މިތަނުގައި އިކޮނޮމިކްސް ކޮންސަލްޓޭޓް ކުރަން މިކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމާއި އެކީ އާމުދަނި އިތުރު ކުރެވޭނެ ގޮތްތަކެއް އެހިސާބުން އިންވެސްޓަރުންގެ އިތުބާރު ލިބޭނީ!

ރައީސް ޔާމީން

ހަމައެކަނި ރާއްޖޭގެ ރީތިކަމަށް ބަލައިފަައި އިންވެސްޓަރުން ނާންނާނެ ކަމަށާއި، މެރިކަލްޗާ މަޝްރޫއުތައް ފަށާނަމަ ކައިރީގެ އެހެން ގައުމުތަކަށްވެސް އިންވެސްޓާރުންނަށް އިންވެސްޓު ކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އިންވެސްޓާރުންނަށް ލިބެނީ އެހެން ޤައުމު ތަކުން ނުލިބޭ ކޮން ބެނިފިޓެއް ތޯ އާއި، އަދި ދިވެރާއްޖޭގެ ދޮރުގައި ޓަކި ޖަހަން ޖެހޭސަބަބު އެބޭފުޅުންނަށް ފެންނަން ޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved