

ސަހްޔޫނީން އިރާނަށް ދޭން ފެށި ނިރުބަވެރި ހަމަލާތަކުން އީރާނާއި އެގައުމުގެ ރައްޔިތުން ސަލާމަތް ކޮށްދިނުމަށް އަބަދުވެސް އެހީ ދިނުމުގައި ދެމި އޮންނާނެ ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެފި އެވެ.
ޕާކިސްތާނުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަދު އާތިފް ވިދާޅުވީ މި ވަގުތަކީ ޕާކިސްތާނުން އީރާނަށް އެހީވާން އެންމެ މުނާސަބު ވަގުތު ކަމަށާއި އަސްކަރީ އެހީ ދިނުމަށް ވެސް ޕާކިސްތާނު އޮތީ ތައްޔާރަށް ކަމަށެވެ.
އާތިފް ވިދާޅުވީ ސަހްޔޫނީންގެ ހީލަތްތެރި ރޭވުންތަކުން އީރާންގެ ރައްޔިތުން ސަލާމަތް ކުރުމަކީ ޕާކިސްތާނުގެ ގައުމީ އަދި ދީނީ ޒިންމާއެއް ކަމަށެވެ.
ސަހްޔޫނީން އިރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 224 މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
ރައްދުގައި އީރާނުން ވެސް އަންނަނީ ސަހްޔޫނީންގެ އަވަށްތަކަށް ބާރުގަދަ ހަތިޔާރުން ހަމަލަދީ އެމީހުން މައިތިރި ކުރަމުން ނެވެ. ފުލުފުލުގައި ދިން މިސައިލް ހަމަލާތަކުގައި ސަހްޔޫނީންގެ ގިނަ ބަޔަކު ޒަހަމްވެ، ހަމަލާ އަމާޒުވި އިމާރާތްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.
ސަހްޔޫނީން މިހާރު ވަނީ އީރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް އެމީހުންގެ އެކުވެރިންގެ ކިބައިން އެދެމުން ނެވެ. އެކަމަށް ރައްދުދީ ޕާކިސްތާނު ހިމެނޭ ހެން ރަޝިއާ އަދި ޗައިނާއިން ވަނީ ސަހްޔޫނީނަށް އެމެރިކާ އިނގިރޭސީން އެހީ ވާނަމަ މެދުއިރުމަތީގައި ތިބި އެމެރިކާ އިނގިރޭސީންގެ ޕޮއިންޓް ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުކޮށްފައި އެވެ.