April 3, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މުއިއްޒު ގެންގުޅުއްވަނީ ދޯހޮޅި ސިޔާސަތްތަކެއް: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 16, 2025, 10:00 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދޯހޮޅި ސިޔާސަތުގެ ދަށުން މިހާތަނަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް 370 މިލިޔަން ޑޮލަރަށް ވުރެ ގިނަ ރުފިޔާ މާރުކޮށްފި ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެެވެ.

Advertisement

މަލީހް މިހެން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެމްއޭއަށް 370 މިލިއަން ވައްދައިފައި ވާއިރު ބޭންކުތަކަށް މިއަށްވުރެންވެސް ބޮޑު އަދަދެއް ވައްދާފައި ވާކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކަރަންސީ ސްވޮޕްގެ ތެރެއިން 400 މިލިޔަން ޑޮލަރު އެމްއެމްއޭއަށް ވަދެފައި ވާއިރު ޑޮލަރުގެ އަގު ތިރި ނުވެގެން އުޅެނީ ކީއްވެގެން ތޯ އާއި އަދި ދިވެހި ވިޔަފާރިވެރިންނަށް ޑޮލަރު ނުދޭންވީ ސަބަބާއި މެދު މަލީހު ސުވާލު އުފައްދާފައިވެއެވެ.

އަޅުގަނޑުގެ ސުވާލަކީ ކޮބައިތޯ؟ ސަރުކާރުން މީގެ ޖަވާބުދޭނީ! އަޅުގަނޑުމެން ކޮންމެހެން މީގެ ޖަވާބުދޭކަށް ބޭނުމެއް ނޫން! މިދަންނަވަނީ ޖީއެސްޓީ އާއި އެހެނިހެން ގޮތްގޮތުން ވަންނަ އާމްދަނީގެ އިތުރުން ހަމައެކަނި 700 މިލިޔަން ޑޮލަރައްވުރެ ގިނަ ޑޮލަރު އެމްއެމްއޭ އަށް ވަދެއްޖޭ، ކީއްވެހޭ ޑޮލަރުގެ އަގު ތިރިނުވެގެން މިއުޅެނީ ކީއްވެހޭ ދިވެހި ވިޔަފާރިވެރިންނަށް ޑޮލަރު ނުދީގެން މިއުޅެނީ؟

މަލީހް

ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށް އެބޭފުޅާ ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ވީޔަފާރިތައް ހުރީ ހުއްޓިފައި ކަމާށާއި، އޮޑި ދޯނި ފަހަރު ހުރީ ފަޅުގައި ކަމަށާއި ގިނަ ދިވެހިން ތިބީ ކަރަންޓު ބިލާއި ފެން ބިލު ދައްކާނެ ފަދައެއް ނެތި ފައި ކަމަށެވެ. ޒަމާނުއްސުރެ މީހުން އިހުސާސު ނުކުރާހާ ދަތި ކަމަކާއި ރާއްޖެ ކުރިމަތި ލައިފި ކަމަށް މަލީހު ވަނީ ވިދާާޅުވެފައެވެ.

މަލީހު ވިދާޅުވީ ރާއްޖޭގައި މިވަގުތު ދިވެހި ފައިސާ ދައުރު ނުވާ ކަމަށާއި، އަދި ރާއްޖޭގައި ކެޕިޓަލް އެއްވެސް އިންވެސްޓްމެންޓްއެއް ނުކުރާ ކަމަށެވެ. ވީއިރު މިގައުމުގައި ހުރި ފައިސާ ކޮބައި ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved