April 26, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޕީއެންސީއަކީ ވެރިކަމާއި ކައިރި ކުރަންވެސް ހެޔޮވާނެ ބައިގަނޑެއް ނޫން: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jun 16, 2025, 09:04 PM

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަކީ ވެރިކަމާއި ކައިރި ކުރަންވެސް ހެޔޮވާނެ ބައިގަނޑެއް ނޫންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މި ސަރުކާރަކީ ސަރުކާރާ ހަވާލުވާ ހުވާކުރުމުގެ ރަސްމިއްޔާތުންވެސް ކޮރަޕްޝަން ހިންގި ސަރުކާރެއްކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ޕީއެންސީއަކީ ޑީއެންއާރުން ވައްކަން ކުރުމަށްފަހު ގަށް ޕާޓީއަށް މީހުންވައްދާ ދައުލަތުން 13މިލިއަން ރުފިޔާގެ ވައްކަމެއް ކުރި ވަގުންގެ ނެޓްވޯކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

އަދި އެއީ ވެރިކަމާ ކައިރިކުރަން ހެޔޮނުވާނެ ބައިގަނޑެއް ނޫންކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved